"އަޅުގަނޑަކީ ވަރަށް ދަތުރުކުރާ ހިތްވާ މީހެއް"

އަހްމަދު އަޒާން 28 އޯގަސްޓު 2020 13:25
Flowers
ރައީސް ސޯލިހް އަދި ފަސްޓްލޭޑީ ފަޒްނާ. ފޮޓޯ:ރައީސް އޮފީސް

"އަޅުގަނޑަކީ ވަރަށް ދަތުރު ކުރާ ހިތްވާ މީހެއް. އެހެންވީމަ ގިނަ ތަންތަނަށް ދިޔުން، ބަލާލަން ދިޔުން، އެއީ އަޅުގަނޑު ކުރާހިތްވާކަމެއް" މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރު ރާއްޖެޓީވީގެ ޕްރޮގްރާމަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި ވާހަކައެކެވެ.

އެދުވަހު ރައީސް ވިދާޅުވިގޮތުގައި، ދަތުރު ކުރެއްވުމަކީ އެމަނިކުފާނު ވަރަށް ކުރާ ހިތްވާ ކަމެކެވެ. އަދި އަނބިކަނބަލުންނާއި ދެ ބޭފުޅުންނާއި އެކު ކޮންމެ އަހަރަކުވެސް ދުނިޔޭގެ ކޮންމެވެސް ތަނަކަށް ދަތުރުކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ރައީސް ވިދާޅުވީ ރައީސްގެ އާއިލާގެ ބޭފުޅުން ކޮންމެ އަހަރުކުވެސް ޑިސެމްބަރުގައި ރާއްޖެއިން ބޭރަށް ގޮސް ޗުއްޓީ ހޭދަ ކުރައްވާކަމަށެވެ. 

"އަޅުގަނޑުމެންގެ އާއިލާގައި އޮންނާނެ ކޮންމެ އަހަރަކު ޑިސެމްބަރުގައި ދާ ޗުއްޓީއެއް. ގާތްގަނޑަކަށް 50-70 މީހުން އޭގަ ޖޮއިންކުރާނެ. ދެން ރާއްޖެއިން ބޭރަށް މިދަނީ..އެ މިސްވާނެ ހެން އަޅުގަނޑަށް ހީވަނީ. އެއަށް ނުދެވޭ ކަމަށް ވަންޏާ" ރައީސް ވިދާޅުވެފައިވެއެވެ. 

އޭރު ކެނޑިޑޭޓު އިބޫ (ނޫނީ ޗިބޫ) ގެ ހައިސިއްޔަތުން، ދެއްވި އިންޓަވިއުގައި ރައީސް ސޯލިހް ވިދާޅުވީ ރައީސް ކަމަށް ވަޑައިގެންފިނަމަ، ޑިސެމްބަރުގައި އޮންނަ ބޮޑު ޗުއްޓީ ދަތުރާއި، ދެންވެސް ބޭރަށް ކުރައްވާ ދަތުރުތައް ވަރަށް "މިސް ވާނެ" ކަމަށެވެ. އެދުވަހު އެ އަޑުއެހި ބަޔަކަށް ހީވެފައި އޮންނާނީ، އަދި ޤަބޫލުކުރަންވެސް ބޭނުންވާނީ، ވެރިކަމަށް ވަޑައިގަތުމަށްފަހު "ޓްރެވެލް" ކުރުމާއި "ފޮޓޯގްރަފީ" ފަދަ "ހޮބީތަކަށް" ވަގުތު ލިބިވަޑައި ނުގަންނަވާނެ ކަމަށެވެ. 

އެހެން ނަމަވެސް ކަންވީ އެއާއި މުޅިން ހިލާފަށެވެ. ވެރިކަން ލިބުނުތާ މާގިނަ ދުވަހެއް ނުވެ 3 ޖެނުއަރީ 2019 ގައި ރައީސް ސޯލިހް ލަންކާއަށް ވަޑައިގެންނެވިއެވެ. ނުރަސްމީ ދަތުރުފުޅެއްގައެވެ. އެ ވިދާޅުވީ އާއިލާ ބޭފުޅުން އެއްވެގެން ބާއްވާ ބޮޑު ޗުއްޓީއަށެވެ. އެއަށްފަހު 31 ޑިސެމްބަރު 2019 ގަވެސް ލަންކާއަށް ވަޑައިގެންނެވިއެވެ. މިފަހަރުވެސް ނުރަސްމީ ދަތުރުފުޅެކެވެ. އިންސްޓަގްރާމަށް ރައީސް ދޫކޮށްލެއްވީ ލަންކާގެ ރިސޯޓެއްގެ ޕޫލެއް ކައިރީ ސަން ބާތު ބެޑެއްއްގައި އޮންނަވާ ނެންގެވި އިރު އޮއްސޭ މަންޒަރުގެ ފޮޓޯއެކެވެ. 

ފަހަރެއްގައި ކުރިން ވިދާޅުވި ގޮތަށް އެ ދަތުރުތައް މާބޮޑަށް މިސްވާތީ ރައީސް އަށް އެ ދަތުރު "މިސްއައުޓް" ކޮށްނުލެވުނީ ކަމަށްވެދާނެއެވެ. ރައީސުންވެސް ޗުއްޓީ ހޭދަކުރައްވަން ޖެހޭނެއެެވެ. މުޅިއަކުން މައްސަލައެއް ނޫނެވެ.

ނަމަވެސް ޗުއްޓީގެ އިތުރަށްވެސް ރައީސް ސޯލިހް ވަނީ ގިނަ ދަތުރުތަކެއް ކުރައްވާފައެވެ. މިގޮތުން 17 ނޮވެމްބަރު 2018 އިން ފެށިގެން ޑިސެމްބަރު 2019 ގެ ނިޔަލަށް ރައީސް ސޯލިހް ވަނީ ރާއްޖެއިން ބޭރަށް 11 ރަސްމީ ދަތުރުފުޅު ކުރައްވާފައެވެ. އޭގެ އިތުރުން ސްރީލަންކާއަށް ދެފަހަރު އަދި ސިންގަޕޫރަށް އެއްފަހަރު ނުރަސްމީ ދަތުރުފުޅެއް ކުރެއްވިއެވެ. ރަސްމީ އަދި ނުރަސްމީ ދަތުރުތައް ހިމަނައިގެން ޖުމްލަ 70 ވަރަކަށް ދުވަސް ރައީސް ސޯލިހް ވަނީ ޤައުމުން ބޭރުގައި ހޭދަކުރައްވާފައެވެ. އެއީ ގާތްގަނޑަކަށް މުޅި އަހަރުގެ 20 އިންސައްތަ ދުވަހެވެ. 

އެހާ ގިނަ ދުވަސް ޤައުމުން ބޭރުގައި ހޭދަކުރެއްވީ، ރަސްމީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ކަމެއް، ނޫނީ، ރައީސް ދަތުރުކުރައްވާ ހިތްވާތީ ދަތުރު ދިގުކޮށްލައްވަނީކަމެއް ސާފެއް ނޫނެވެ. ނަމަވެސް އެނގޭ ހަގީގަތަކީ، ފަހުގެ ތާރީހެއްގައި ރާއްޖޭގައި ވެރިކަން ކުރެއްވި އެއްވެސް ރައީސަކު މިހާ ކުރު މުއްދަތެއްގެ ތެރޭގައި މިހާ ގިނަ ދަތުރު ރާއްޖެއިން ބޭރަށް ކުރައްވާފައި ނުވާކަމެވެ. 

ރައީސް އޮފީހުން ހާމަކުރައްވާފައިވާ މައުލޫމާތަށް ބަލާއިރު ރައީސް ގެ ދަތުރުތަކަށް 16.4 މިލިއަން ރުފިޔާ ވަނީ ހަރަދުވެފައެވެ. މިއީ ރާއްޖެފަދަ ކުޑަ ޤައުމަކަށް ބޮޑު އަދަދެކެވެ. އެވަރެޖްކޮށް ކޮންމެ ދަތުރަކަށް މިލިއަނަކަށްވުރެ ގިނަ ރުފިޔާ، އަދި ކޮންމެ މަހެއްގައި ދަތުރެއް ރައީސް ކުރައްވާފައިވެއެވެ. މި ހިނގާ 2020 ވަނަ އަހަރު ކޮވިޑު-19 އާއި ގުޅިގެން ދަތުރު ނުކުރެއްވުނުނަމަވެސް މިއަހަަރުވެސް ދަތުރު ކުރުމަށް ބޮޑު ބަޖެޓެއް ކަނޑައަޅާފައިވެއެވެ. މިދިޔަ އަހަރު އެގޮތަށް ކަނޑައެޅި ބަޖެޓުވަނީ އެއްކޮށް ހުސްވެފައިކަން ފާހަގަކޮށްލެވެއެވެ. 

އެކި މީހުންގެ ޝައުޤުވެރިވަނީ ތަފާތު އެކި ކަންކަމަށެވެ. ބައެއް މީހުން ފޮތް ކިޔާ ހިތްވެއެވެ. އަނެއް ބަޔަކު މަސްވެރިކަމަށް ނުކުމެލައި، މަސްބާނާ ހިތްވެއެވެ. ބައެއް މީހުން ކައްކައި މީރުހާ ތަކެތި ތަޖުރިބާކޮށް ކެއުމުގައި އުޅޭ ހިތްވެއެވެ. ރައީސް ސޯލިހު ކުރައްވާ ހިތްޕުޅުވީ ކަމަކީ ދަތުރުކުރެއްވުމެވެ. ކުރިން ދެންނެވި އެއްވެސް ކަމެއް ދައުލަތުގެ ޚަރަދުގައި ކުރަން މީހަކު އުޅެފިނަމަ އެއީ ގޯހެކެވެ. އަދި މިއިން ކަމަކާހުރެ އެމީހަކު އަމިއްލައަށް އެދިގެން ކޮނޑަށް ލައިގެން އުޅޭ ބުރަ ޒިންމާއާމެދު އިހުމާލުވެވިއްޖެނަމަ އެއީ މައްސަލައެކެވެ. ރިޔާސީ ދައުރެއްގެ 1 އަހަރު ތެރޭ 11 ރަސްމީ ދަތުރުކުރައްވައި، އެއަހަރުގެ 20 އިންސައްތަ ދަތުރުފުޅުމަތީ ހޭދަކުރެއްވީމާ "ހޮބީ"އަކަށް ދައުލަތުގެ ބައިތުލްމާލު ބޭނުންކުރެއްވި ކަމަށް ތުހުމަތުނުވާނެތޯއެވެ؟ އަމިއްލަފުޅަށް އެދިވަޑައިގެން އިސްތަށިފުޅަށް ލައްވައިގެން އުޅުއްވާ ޒިންމާއާމެދު އިހުމާލުވެވަޑައިގެންފި ކަމުގައި ނުދެންނެވޭނެތޯއެވެ؟ 

ކިޔުންތެރިންގެ ހިޔާލު
ވަރަބިދުނުކޮތަރު
އެއްމެ މުހިއްމު ދަތުރެއް ކުރެއްވީ އދ އަށް ކަންދެއްކުމާބޮޑުކަން ދެއްކުމާ ލަގެޖް ބަރުކުރުމުގެ ދަތުރެއް . ރާއްޖޭގެ ރައިސުލް ޖުމްހޫރިއްޔާކަން ހޯދަން ގައުމުކުޑަކުރީ ގައުމުގެ މާލިއްޔާއިން ދަތުރުކުރަން ނޫންބާވައޭ ޙިތަކަށް ނާރާތަ މިދެން ބޮޑުވަރު ދޯ . .
ރިޔާޒު
ޔަގީން
ގައުމުގެ ވިންދު
އޮހޯ، މި އީ ދޯ މީނަ މިކުރާކަމަކީ، ކަލޭ ކޮންމެހެން އަހަރެމެންގެ ބައިތުލްމާލު ހުސްކުރާނެ ކަމެއްނެތް، އަވަހައްދާން އުޅޭ އެހެން ކޮންމެވެސް ކަމަކާ އުޅެން، ކިހާބޮޑުވެއްޖެ ކަމެއްމީ، މިކަލޭގެ މިފައިސާ ތަޅާ ހުސްކޮއްފަ އަހަރެމެންގެ ބިލުތައް ބޮޑުކޮށް ޖުރިމާނާކޮށްގެން ލާރިހޯދަން އުޅެނީ، ބިލުތަކުގެ ރީޑިން ވެސް ނުނަގާ އެވަރެޖޭކިޔާފަ ބޮޑުބިލު ތަކެއް އެބަފޮނުވާ، ދުވަހަކު އަހަރެންނައް ނައަންނަ ބޮޑު ކަރަންޓް ބިލެއް މި ފަހަކުން އަހަރެންނައް ދައްކަންޖެހެނީ، ނެތް ލާރިއެއްގަ އަހަރެމެން ފެލަނީ، މޮ ބައިގަޑު ން ސަލާމަތް ވާން އެކައްޗެއް ކިޔާފަ ނިކުންނަން ވެއްޖެ
ޝިވަންނާ
މާލެ ސިޓީ ކައުންސިލް މިހާރު ޑިވައިޑް ވެފަައިވާ ގޮތުން ސިޔާސީ ގޮތުން ވަރަށް ބޮޑަށް ފައިދާ ނެގިދާނެއޭ ސަރުކާރަށް އެގޮތަކީ މޭޔަރު ޝިފާ އެއީ ވަކި ޑިވިޜަން އެކޭ ދެން ތިބި ކައުންސިލަރުން އެއީ ވަކި ޑިވިޜަން އެއް ގޮތަށް ބަލާ ދެން ތިބި ކައުންސިލް މެމްބަރުންނަށް ރައީސް އިބޫ ލޮބީ ކޮށްގެން އެމެން ލައްވާ ރައީސް އިބޫ އަލަށް އުފައްދަވަން އުޅުއްވާ ސިޔާސީ ޕާރޓީ އަށް އެކައުންސިލަރުންނާއި އެމެންގެ އާއިލާ އާއި ރަށްޓެހިން ލައްވާ ސޮއިކުރުވަންވީއޭ ލެޓްސް ގޯ ބެކް ޓު ޑްރޯވިންގް ބޯރޑް ރައީސް އިބޫ މަމެން ޕިންކީން ވެސް ތާއީދު ކުރާނަމޭ ރައީސް އިބޫ ވަކިން ސިޔާސީ ޕާރޓީ އެއް އުފައްދާ ނަމަ ސިޔާސީ މައިދާނަކީ އެއީވެސް ކުރެވޭ ވިޔަފާރި އެކޭ އެއީ ޕަވަރ ޝެއަރިންގް ގެ މެދުގަިއ ކުރެވޭ ވިޔަފާރި އެކުޭ ބާރު އޮތް ނަމަ ފައިސާ އަންނާނެއޭ ބާރުގެ ފަހަތުން އެއީއޭ ޕޮލިޓިކަލް އިންޑަސްޓްރީ މަސައްކަތް ކުރާ ގޮތަކީ ކެނެރީގެ ނަޝީދުގެ ބާރު މިރާއްޖޭގެ ސިޔާސީ މައިދާނުން ކަނޑުވާލުމަށް ޓަކަައި ހަމަ އެކަނި އެ ފުރުސަތު ލިބުނީ އެއީ ރައީސް އިބޫ އަށޭ ރައީސް އިބޫ އަށް އެކަން ކުރެވޭނެއޭ ފަސްޓް ލޭޑީ އާއި އެމިޝަން ހަވާލު ކޮށްގެން ބްރޯ ކުރިއަށް ނެރެގެން ރައީސް އިބޫ ހުންނާނީ ހަނުއޭ އެއްޗެކޭ ނުކިޔާ ފަޒޫ މެން ޖައްސާނީއޭ ލާރޖް ކޮށް އެއިރަށް މުޅި މާފަންނު ލުހިގެން އަންނާނެއޭ ދެން އެމެން ފަހަތުން މާލެ އަންނާނެއޭ ދެން އެމެން ފަހަތުން ރާއްޖެ އަންނާނެއޭ ދަ މިޝަން ޖަސްޓް ބިގަން ވީ ވިލް އޯލްވޭޒް މޭކް އަ ޗޭންޖް އިން ދަ ޕޮލިޓިކަލް އިންޑަސްޓްރީސް ލެޓްސް ގޯ ބެކް ޓު ދަ ޑްރޯވިންގް ބޯރޑް އެން މޭކް އިޓް އާއް ޝިވަންނާ ޝިވަންނާ ޝިވަންނާ ދަ ބިއުޓީ އޮފް ދިސް ޕޮލިޓިކަލް ފޯރމިއުލާ އާއް އާއް ޝިވަންނާ ޝިވަންނާ ޝިވަންނާ ޝިވަންނާ ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް...
ދިސްވޭ
މޭޔަރު ޝިފާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށްނުގެންދެވޭ ކަމަށް އެލްޖީއޭއިން އަންގައިފި ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ ރައީސް އިބޫ އަށް މިއޮތީ މާލެ ސިޓީ ކައުންސިލް ޑްރޯވިންގް ބޯރޑް މަތީގައި ބާއްވާ އިރު ރީއްޗަށް ފެންނާން ނޫންތޭ އެކައުންސިލް ޑިވައިޑް ވެފައިވާ މިންވަރު ބޮޑު ކަމުން މިކަމުގެ ނާޖާއިޒު ފައިދާ އެއީ ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ހަދައިގެން ބޭނުުން ކުރަންވީ ޝިފާގެ ޑިވިޜަން ކެނެރީގެ ނަޝީދަށް އަނެއް ފަޅި ރައީސް އިބޫ އަށް އޮންބޯރޑް ކުރަންވީއޭ ދަ ގޭމް ހޭޒް ޖަސްޓް ބިގަން ވީވިލް އޯލްވޭޒް ބީ ރެޑީ ފޯރ ދަ ރައިޓް ޓައިމް ދަ ޓައިމް ޖަސްޓް ބިގަން ލެޓްސް ގޯ ބެކް ޓު ދަ ޑްރޯވިންގް ބޯރޑް އެން ޑިޒައިން ނިއު ޕޮލިޓިކަލް ލޭންޑްސްކޭޕް އޮފް ރައީސް އިބޫ އާއް އިޓްސް ކަމިންގް ނައު ޝިވަންނާ ޝިވަންނާ ޝިވަންނާ ޝިވަންނާ ޝިވަންނާ ލައިފް އިޒް ގޮނާ ބީ ބިއުޓިފުލް އޮން ދިސްވޭ...
ދިސްއިޒްއިޓް
އިދިކޮޅު ފަރާތްތަކުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިހުތިޖާޖް ފަށައިފި ނަމަ އެކަމަކީ އެއީ މަމެން އުފާ ކުރާ ކަމެކޭ މިފަހަރު މިޖައްސާ އިހްތިޖާޖްެ ބޭނުން ނާޖާއިޒު ގޮތުގައި ވެސް އަދި ޖާއިޒު ގޮތުގައި ވެސް އޭގެ ފައިދާ ނެގިދާނެއޭ ރައީސް އިބޫ އަށް ސަބަބަކީ މިދަނޑިވަޅުގައި ކެނެރީގެ ނަޝީދު ރާއްޖޭގައި ނެތުމުން އެމްޑީޕީގެ އެންމެ އިސް ފަރާތެއްގެ ހައިސިއްޔަތުން ރައީސް އިބޫ އިއުލާން ކުރަައްވަންވީއޭ އިދިކޮޅު ސިޔާސީ ޕާރޓީ ކަމަށްވާ ޕީޕީއެމް އަދި ޕީއެންސީ ގެ ކަންބޮޑުވުން ތައް ވެސް އަޑު އަހައިގެން އެމެންގެ ބައިވެރިވުމާއި އެކު ރާއްޖޭގެ އިގްތިސާދު ކުރިއަށް ގެންދަން ތިމަން މަނިކުފާނު ނިންމައިފީމޭ އަދި އެކަން ކެބިނެޓް އިން ފާސް ކުރަންވީއޭ އަދި ރައީސް ޔާމީން ގެއަށް ބަދަލު ކުރައްވާ ރައީސް ޔާމީން އާއި އެކު ބިހައިންޑް ކްލޯސް ޑޯރސް ގައި ވާހަކަ ދައްކައިގެން ރައީސް އިބޫ ވަކިން ސިޔާސީ ޕާރޓީ އެއް އުފައްދާ އެމްޑީޕީގައި ތިބި ހުރިހާ އެމްޕީން ތައް ރައީސް އިބޫގެ ސިޔާސީ ޕާރޓީ އަށް ބަދަލު ކޮށްލާ މަޖްލީީހުގެ ރައީސް ކަމުން ކެނެރީގެ ނަޝީދު ވަކި ކޮށް މަޖްލީހުގެ ނައިބްރައީސް ކަމުން އީވާ ވެސް ވަކި ކޮށް އަދި މުލަކު ދާއިރާގެ ގޮނޑި ފުރާ އެމްޕީ އަށް ބޭރުގައުމެއްގެ އެމްބެސެޑަރު ކަން ދީގެން އެގޮނޑި ރައީސް ޔާމީން އަށް ދީގެން ރައީސް ޔާމީން މަޖްލީހުގެ މެމްބަރަކަށް ހަދައިގެން ރައީސް އިބޫގެ ސިޔާސީ ކެރިއަރ ކުރިއަރުވަންވީ ސީދާ ޕީޕީއެމް އާއި ގުޅިގެން ކަމަށޭ މަމެންގެ ރަމަލު ތަކުން ދައްކަނީ އެއިރުން ރައީސް އިބޫގެ ސިޔާސީ ޕާރޓީ އާއި ޕީޕީއެމް ޕީއެންސީ ކޯލިޝަން ހެދުމުން ދެން ޖޭޕީ އަދި އެމްއާރުއެމް އަދި އަދާލަތުން ވެސް ރަައީސް އިބޫގެ ޕާރޓީ އާއި އެކު ކޯލިޝަން ހަދާނެއޭ ލެޓްސް ގޯ ބެކް ޓު ދަ ޑްރޯވިންގް ބޯރޑް އެން ރިއަލީ ޑިޒައިން ދަ ޕޮލިޓިކަލް ލޭންޑްސްކޭޕް އޮފް ރައީސް އިބޫ އާއް ދިސްއިޒްއިޓް އާއް ދިސްއިޒްއިޓް އާއް ދިސްއިޒްއިޓް ނެވަރ ގިވް އަޕް އިޓް ނެވަރ ގިވް އަޕް އިޓް ލެޓްސް ޓޭކް އިޓް...
ކިނބޫ
ގިނަ ތަންތަން ބަލަން ކަލޭ އަމިއްލަ ޚަރަދުގަދޭ. ވެރިކަން ހަވާލުކުރީ ދައުލަތުގެ ޚަޒާނާ ހޭއަރުވާލައިގެން ތަންތަން ބަލަން ކަލޭ ދަތުރު ކުރާކަށް ނޫން.
އަހުމަދު
ގައުމުގެ މައްސަލަތަކާއި މެދު ވާހަކަ ދައްކަބަލަ. ރައީސް ކުރާ ދަތުރު ތަކުގެ ވާހަކަ އަކީ ރައްޔިތުމް މާ ގަޔާވާ ކަމެއް ނުން
ޙުދު
Hama seedha naraka
އެދުރުބޭ
މިހަރު ދެން ދަތުރު ނުކުރައްވަ ހުންނަނީއޭ ކިޔާފަ ކޮންމެ ދުވަހަކު ކިަލޭމެން ދާންވީނު އިބޫ ގޮވައިގެން މާލޭ އޭރިޔާވަށާ ދެތިން ބުރުޖަހާފަ އަންނަން. ބަލަ މިތިބަ ގަމާރުތަކާ. އެއީ ދިވެހި ޤައުމުގެ ފަޚުރު،. އަހަރެމެން އެންމެންޤަބޫލުކޮށްގެން ހޮވި އަހަރެމެން އެންމެ ހޮވި ރައީސް، އެހެންވިޔާ އެމަނިކުފާނު އަހަރެމެންނަށް ރަނގަޅުވާނެހާ ހުރިހާ ކަމެއް ކުރައްވާނެ. ދަތުރުވެސް ކުރައްވާނެ. އުދުހެންވެސް އުދުހޭނެ. މިއަދު އަަހަރެމެން އެހުރިހާ ކަމަކަށް ޚާރަދުވެސް ކުރަން މިތިބީ ތައްޔާރުގަ. ކުރަންވެސް ކުރާނަން، ޝުކުރިއްޔާ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު
ޢިތުބާރުކުރޭ67
ބައެއް ދިވެހިންނައް ޖެހެނީ ލަވަ އަދި ފިލްމު ހަދަން ް އެއްޗެއް އޮޅުންފިލުވަން... ޢަހަންނަކީ ޕީޕީއެމް ސަަޕޯޓަރެއް. ޢެކަމަކު މުއިޒުދެކެ އިންތިހާއައް ރުޅިއާދެ. ޢެކަމަކު އޭނަ ކޮއްފަ ހުރި ބައެއް ކަންތައް ރަގަޅު. ކުރިން ރާވާނިމިފަ އިނީ ތިލަފުށި ބަދަރު ހަދަން...ހުރިހާ ހަރަދެއް ނިމިފައިންދާ އަނެއްކާ މިހާގައުމު ދަރަނި ބޮޑުވިއިރު އަނެއްކާ އިންޑިޔާއިން ލޯނު ނެގީމަ ހަމަ ލަންކާއައްވީ ގޮއް ވުމުގެ ފުރުސަތު. ޢިންޑިޔާ ބޭނުންނުވާ ވެރިއެއް ދެން ހޮވިއްޖެޔާ ފެންނާނެ.