Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކޮލަމް

އެތައް ބައެއްގެ އަބުރު ކަތިލުމަށްފަހު މަރު ކޮމިޝަން ގެއްލިއްޖެ!

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލައި އިންސާފު ހޯދާދިނުމަށް ކަމަށްބުނެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ރިޔާސީ ކޮމިޝަންގެ ފަރާތުން ހަރުދަނާ އެއްވެސް އަސާސެއްނެތި، ދަޢުވާކުރެވޭނެ ފަދަ ސާބިތު ހެއްކެއްނެތި އެކޮމިޝަނުން މީގެ ކުރިން ބޭއްވި ނޫސް ކޮންފަރެންސްތަކުގައި އެތައް ބައެއްގެ އަބުރު ކަތިލުމަށްފަހު އެކޮމިޝަން މަންޒަރުން ގެއްލިއްޖެކަމަށް ބުނެ ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ.
މިފާޑުކިޔުންތައް އެންމެ ބޮޑަށް މިއައީ މަރު ކޮމިޝަންގެ މަސައްކަތްތައް އެއްކޮށް ހުއްޓި، ތަޙްްޤީޤް އިތުރަށް ކުރިއަށް ގެންދެވެން ނެތްކަމަށް ބުނެ އެކޮމިޝަނުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް އަންގާފައިވާކަމަށް މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އިއްޔެ ވިދާޅުވުމާއި ގުޅިގެންނެވެ. "މަރުތަކާ ގުޅޭ ކޮމިޝަނުން މި މަޖިލީހަށް މިހާރު ސިޓީ ލިއުއްވާފައި އެބަ އޮތް އެބޭފުޅުންނަަކަށް ދެން އެ މަސައްކަތެއް ނުކުރެއްވޭނޭ. އަޅުގަނޑަށް ޔަގީން އެ ކޮމިޝަންގެ ރިޕޯޓް ތިޔަ ބޭފުުޅުންނާ ހަމައަށް ލިބިވަޑައިގަތީމާ އަދި އިތުރަށް ސާފުވެވަޑައިގަންނަވާނެ. އެ ކޮމިޝަނުން ދެކޭ ގޮތުގައި އެބޭފުޅުންނަށް ދެން އިތުރު ހެއްކެއް ހޯދެން ނެތް ކަަމަށް ވަނީ،" ރައީސް ނަޝީދު އިއްޔެ މަޖިލީހުގައި ވިދާޅުވި އެވެ.
މަރު ކޮމިޝަނުގެ ފަރާތުން މީގެ ކުރިން ނޫސްވެރިޔާ ރިލްވާން ގެއްލުވާލި މައްސަލައާއި ގުޅިގެން ކޮމިޝަނުގެ ފަރާތުން ހޯދި ހޯދުންތައް މީޑިއާއާ ޙިއްސާކުރުމަށް ބޭއްވި ނޫސްކޮންޕަރެންސް ތަކުގައި ފުލުހުންގެ ތަޙްޤީޤުތަކުން ހޯދުނު މަޢުލޫމާތުތައް ހާމަކުރުމުގެ އިތުރުން "ސިއްރުހެކިން" ގެ ފަރާތުން ލިބުނު މަޢުލޫމާތުކަމަށް ބުނެ ވަރަށް ގިނަ ބައެއްގެ ވަނަވަރާއިއެކު ޖިނާޢީ އެންމެ މަތީ ދަރަޖައިގެ ކުށްތަކުގެ ތުހުމަތު އެމީހުންގެ މައްޗަށް ކޮށްފައިވެއެވެ. އެގޮތުން 01 ސެޕްޓެމްބަރ 2019 ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔާ ރިލްވާން ރަހީނުކޮށް މަރާލުމުގެ އޮޕަރޭޝަނުގައި އޭނާއަށް ފާރަލީ ކަމަށް ބުނާ މީހުންގެ ނަންތަކާއި، އޭނާ ހުޅުމާލޭގައި ދިރިއުޅުނު ފްލެޓްގެ ބޭރުން ގަދަކަމުން ކާރަށް އަރުވައި އެކާރަށް ލައިގެން އޭނާ ގެންދިޔަ ކަމަށް ތުހުމަތު ކުރެވޭ މީހުންގެ މަޢުލޫމާތާއި އަދި ރިލްވާންގެ ބޯ ބުރިކޮށްލައި ކަނޑުފެއްތުމަށް ޑިންގީއެއްގައި ގެންގޮސް އެރުވި ދޯނީގެ ވެރިފަރާތުގެ ވަނަވަރަށް ދާންދެން ކޮމިޝަނުގެ އޭރުގެ ރައީސް އަދި މިހާރުގެ ސްޕްރީމް ކޯޓްގެ ފަނޑިޔާރު ހުސްނުއްސުޢޫދު އާއްމުކުރިއެވެ. އެމީހުންގެ ޒާތީ މަޢުލޫމާތުތަކާއި ކުރާ ވިޔަފާރިތަކާއިވެސް އެކުގައެވެ. މިހުރިހާ މީހުންގެ މައުލޫމާތުތައް ކޮމިޝަނުން ހާމަކުރީ އެއްވެސް ބުރަދަނެއް ހުރި ހެކިވެރިއެއްގެ ބަހަށް ނޫންކަން ފާހަގަކުރެވެއެވެ. އެއީ ހެކިން ދީފައިވާ ހެކިބަހުގެ މައްޗަށް ބިނާކޮށްއެއްވެސް މީހަކާ މެދު ފިޔަވަޅެއް އެޅޭވަރުގެ ހެއްކެއް ނެތް ކަމަށް މަރު ކޮމިޝަނާ ޙަވާލާދީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އަދި ކޮމިޓީއެއްގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އިތުރުން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެފައިވާތީއެވެ.
2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބްގެ ކެންޕޭން ތެރޭގައިވެސް އަދި މިހިނގާ 19 ވަނަ ރައްޔިތުން މަޖިލީހުގެ އިންތިހާބަށް ކެންޕޭންކުރުމުގައިވެސް އެމްޑީޕީގެ ފަރާތުން ރައްޔިތުންނަށް ވިއްކި އެންމެ ބޮޑު ވަޢުދަކީ ނޫސްވެރިޔާ އަޙްމަދު ރިލްވާންއާއި ބްލޮގަރ ޔާމީން ރަޝީދުގެ އިތުރުން ދީނީ އިލްމުވެރިޔާ ޑރ.އަފްރާޝީމް ޢަލީގެ މަރަށް ޢާއިލާތަކަށް އިންސާފު ހޯދައިދީ، އެމަރުތަކުގެ ހަޤީޤަތްތަކާއި އެކަމުގެ ފަހަތުގައި ތިބި މީހުންގެ މަޢުލޫމާތު ތިލަކޮށް އެމީހުންނާއިމެދު ޤާނޫނީ ފިޔަވަޅު އެޅުމުގެ ވައުދެވެ. އެގޮތުން ރިޔާސީ ކޮމިޝަނުން އެދުނު އެންމެހާ ޤާނޫނީ ބާރުތައް ރައްޔިތުންގެ މަޖިލީހުން ދީފައިވާތީ،ތަހުގީގަށް މީހުން ހާޒިރުކޮށް ސުވާލު ކުރުމާއި ފުލުހުން މެދުވެރިކޮށް ހައްޔަރުކުރުމާއި ބަލައި ފާސްކުރުމާއި ދައުވާކުރަން ފޮނުވުމުގައިވެސް ކޮމިޝަނަށް އެއްވެސް ދަތިކަމެއް ހުރަހެއް ނެތެވެ. ކޮމިޝަނުގެ މެމްބަރުންނަށް ބޮޑު މުސާރައެއްގެ އިތުރުން މެމްބަރުންނަށް ފުލުހުންގެ ސެކިއުރިޓިއާއި، އެހީތެރިވާނެ މުއައްޒަފުންނާއި، ވަސީލަތްތައްވެސް ވަނީ ހަމަޖައްސާފައެވެ. އެކަންކަމަށް ކޮންމެ އަހަރަކު ރައްޔިތުންގެ ޓެކްސް ފައިސާއިން އެތައް މިލިއަން ރުފިޔާއެއް ޚަރަދުކުރާއިރު އެދެވޭ އެއްވެސް ނަތީޖާއެއް ނެރެވިފައިނުވާކަން ފާހަގަކުރެވެއެވެ. އެގޮތުން ހުދު ރިލްވާނާއި ޔާމީންގެ ޢާއިލާގެ ފަރާތުންވެސް މިއަހަރުގެ ޖަނަވަރީ މަހު ޢާއްމުކުރި ސިޓީއެއްގައި ރައީސް ޞާލިޙްގެ ލޮލުން އޮހޮރުނު ކަރުނަައިގެ އިޚްލާސްތެރިކަމާއިމެދު ސުވާލު އުފައްދާ، އެ ދެހާދިސާ ރައީސް ޞާލިޙްއާއި އެމްޑީޕީއިން ސިޔާސީގޮތުން ވޯޓް ހޯދަން ބޭނުންކުރި ސިޔާސީ އާލާތެއްގެ ގޮތުގައި ސިފަކޮށްފައިވެއެވެ.
ކޮންމެއަކަސް ފަސް މެމްބަރުންގެ މައްޗަށް އެކުލަވައިލެވުނު ކޮމިޝަނުގައި މެމްބަރުންގެ އަދަދު ތިނަކަށް ކުޑަވެއްޖެއެވެ. ކޮމިޝަނުގެ މަސައްކަތްތައް ހުއްޓި ކޮމިޝަނުގެ މިސްރާބު އެއްކޮށް ގެއްލި ކޮމިޝަން "މަރުވެއްޖެކަމަށް" ގިނަ ބަޔަކު ބުނަންފަށައިފިއެވެ. މަރުތަކާއި ގުޅޭގޮތުން ކޮމިޝަނުން ބިރުވެރި ވާހަކަތަކެއް ރައްޔިތުންނާއި ހިއްސާކޮށްފިއެވެ. އެތައް ބައެއްގެ މައްޗަށް ނުރައްކާތެރި ތުހުމަތުތަކެއްކޮށް ޒާތީ ވަނަވަރު ހާމަކޮށްފިއެވެ. އެމީހުންގެ މައްޗަށް ޤާނޫނީ އެއްވެސް ފިޔަވަޅެއް އެޅިދާނެ ފަދަ ހެއްކެއް ޤަރީނާއެއް ނެތިއެވެ. މަރައިލެވުނު ފަރާތްތަކުގެ އާއިލާތަކަށް ލިބުނު ތަސައްލީއެއް އިންސާފެއް ނެތެވެ. ކުޑަ އަގެއްދީފައި ކަތިލީ ޤާނޫނީގޮތުން މައުސޫމް ބައެއް ކަމުގައި ބަލަން ޖެހޭ އެތައް ބައެއްގެ އަބުރެވެ. ވެއްޔާއި މޮޑެވިގެން ދިޔައީ އެމީހުންގެ އާއިލާތަކުގެ ޤަދަރާއި ކަރާމާތެވެ.
މި ލިއުމާއި ގުޅޭ