Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކޮލަމް

ޝައިޚު ޢިމްރާން މިއަދު ހަނދުމަ ނެތް ބައެއް ޙަޤީޤަތް

ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު މިއަދު ހުންނެވީ ޖަލު ބަންދެއްގައި ޖަލުގައެވެ. ކުރިމިނަލް ކޯޓުން އިއްވާފައިވާ ޙުކުމެއް ތަންފީޒުކުރެއްވުމަށެވެ. އެމަނިކުފާނު ޖަލުގައި ހުންނަވަނިކޮށް އެމަނިކުފާނުގެ އެއްބަފާފުޅު ދައްތާފުޅު އަވަހާރަވީ އިއްޔެއެވެ. އެމަނިކުފާނުގެ ދައްތާފުޅު މުއުމިނާ ޢަބްދުލްޤައްޔޫމު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމަކީ އެމަނިކުފާނަށާއި ޢާއިލާއަށް ވަރަށް ބޮޑު ހިތްދަތިކަމެއް ލިބިވަޑައިގެންނެވި ކަމެކެވެ.
އެދަނޑިވަޅުގައި އެމަނިކުފާނުގެ ދައްތާފުޅު ދުނިޔެ ދޫކުރެއްވުމަކީވެސް އެމަނިކުފާނުގެ އަގު ވައްޓައިލާ އިތުރަށް އެމަނިކުފާނަށާއި ޢާއިލާއަށް ލިބިވަޑައިގަތް ހިތްދަތިކަމާއި ނުތަނަވަސްކަން ބޭނުންކޮށްގެން އިތުރު އުދާހާއި ރިހުން ގެނުވަން ރަނގަޅު ވަގުތެއް ކަމުގައި ބަޔަކު ހަދައިފިއެވެ. ދައްތާފުޅުގެ މޫނު ދެކެވަޑައިގެން ޖަނާޒާގައި ބައިވެރިވެވަޑައިގަތުމުގެ ފުރުޞަތު އެމަނިކުފާނަށް ހަމަޖައްސައިދިނުމުން ވަޑައިގަތުމަށް އެމަނިކުފާނު އިންކާރުކުރެއްވި ކަމުގައި ބައެއް ނޫސްތަކުގައި ލިޔެ ޚަބަރު ފެތުރިއެވެ.
ރައީސް ޔާމީނަށް ބޮޑުބޭބޭފުޅު ވިދާޅުވާ އަދި މުއުމިނާ ޢަބްދުލްޤައްޔޫމަށް ބޮޑު ދައިތާފުޅު ވިދާޅުވާ، ކޮޅުމަނޑުލު ގުރައިދޫ ދާއިރާ މެންބަރު ޣައްސާން މައުމޫނުވަނީ އެވާހަކަ ދޮގުކުރައްވާފައެވެ. އެއީ ކަނޑައެޅިގެން އަޞްލެއް ނެތް ވާހަކައެއް ކަމުގައާއި އެއީ ފޭކު ޚަބަރެއް ކަމުގައި އެމަނިކުފާނުވަނީ ވިދާޅުވެފައެވެ. ރައީސް ޔާމީން އެދިވަޑައިގެންނެވި ގޮތަށް ދައްތާފުޅުގެ މޫނުފުޅު ދެކެވަޑައިގެން ޖަނާޒާގައި ބައިވެރިވެވަޑައިގަތުމުގެ ފުރުޞަތު ދީފައިނުވާ ކަމުގައި އެމަނިކުފާނު އިސްކޮށް ހުންނަވާ އިދިކޮޅު ކޯލިޝަނުން ނެރެފައިވާ ބަޔާނެއްގައިވެސް ބުނެފައިވެއެވެ. އަދި އިތުރުބާރު ހުރި މަޞްދަރުތަކުން މަޢުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ޔާމީން އެކަމަށް އެދިވަޑައިގަތުމުން ވަކި ގޮތަކަށް ހޯމް މިނިސްޓްރީން ޖަވާބެއް ލިބިވަޑައިގެންފައިނުވެއެވެ.
ކޮންމެއަކަސް ހޯމް މިނިސްޓަރު ޢިމްރާނަކީ ރައީސް ޔާމީނުގެ ވެރިކަމުގައި ޖަލުގައި ހުންނެވި ބޭފުޅެކެވެ. ޖަލުގައި ޢާއިލާއާ ވަކިން ހުންނަވަން ޖެހިވަޑައިގަތުމުގެ އުދާސް ވަރަށް ރަނގަޅަށް އެމަނިކުފާނަށް އެނގިވަޑައިގަންނަވާނެއެވެ. އަދި އެއަށްވުރެ ބޮޑަށް ޖަލުގައި ހުންނެވިއިރު ޢާއިލާއަށް ކުރިމަތިވި ބޮޑެތި ކަންކަމުގައި ގޭގައި ހުންނަވަން ލިބިވަޑައިގަތުމުގެ އުފާވެސް އެމަނިކުފާނަށް އެނގިވަޑައިގަންނަވާނެއެވެ. ފަހަރުގައި މިކަންކަން އެމަނިކުފާނު ހަނދުމަފުޅު ނެތުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންވީމާ އެކަންކަން ހަނދާންކޮށްލަދިނުމަކީ އޮތް ކަމެއް ކަމުގައިވެސް ދެކޭތީ އެވާހަކަތައް ލިޔެލާނަމަވެެ.
ޝައިޚު ޢިމްރާނުގެ އެންމެ ހަނގު ބޭފުޅާ ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވިއިރު ޢިމްރާނު ހުންނެވީ ޖަލުގައެވެ. "ދިޔަރެސް"އަށް މަޢުލޫމާތު ދެއްވަމުން ރައީސް ޔާމީން ވެރިކަމުގައި އިސްލާމިކް މިނިސްޓްރީގެ ނައިބުކަމާއި އެޑިއުކޭޝަން މިނިސްޓްރީގެ ޕޮލިސީ އެކްޒެކެޓިވްގެ މަޤާމު އަދާކުރެއްވި، ޢިމްރާނުގެ ދޮށީ އަނބިކަބަލުންގެ ބޭބޭފުޅު މުޙައްމަދު މުޞްޠަފާ އިބްރާހީމް އެވާހަކަ ވިދާޅުވެދެއްވިއެވެ. އެގޮތުން އަނބިބަލުން އާލާސްވެ އިންނަވައި އައިޖީއެމްޗަށް ވަޑައިގަތްތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ޢިމްރާނު އެތަނަށް ގެނެސްދެއްވިއެވެ. އަދި ގެއިން ހޮސްޕިޓަލަށް ވަޑައިގެންނެވޭނެ ގޮތްވެސް ޢިމްރާނަށް ހަމަޖެހުނެވެ. އަދި އޭގެ އިތުރަށް އެކަން އެގޮތަށް ހަމަޖެހުނީ ޢިމްރާނު އެދިވަޑައިގެންތޯ ސުވާލުކުރެއްވުމުން ޢިމްރާނު އަމިއްލަފުޅަށް އެކަން އެހެން ހަމަޖެހުނީ އެދިވަޑައިގެން ނޫން ކަމުގައި ވިދާޅުވިއެވެ.
އަދި އޭގެ އިތުރަށް ކޮންމެ ރަމަޟާން މަހެއްގައި ޢިމްރާން ވަގުތު ހޭދަކުރެއްވީ ޢާއިލާއާއެކު ގޭގައެވެ. އެކަން އެގޮތަށް ހަމަޖެއްސެވި ކަމުގައިވަނީ އެއިރުގެ ރައީސެވެ. ރައީސް ޔާމީނު ވިދާޅުވި ކަމަށް، އިތުބާރުކުރެވޭ މަޞްދަރަކުން މަޢުލޫމާތު ދެއްވާފައިވަނީ "ޝެއިޚު ބޭނުންފުޅުވާނީ ގޭގައި ޢާއިލާއާއެކު ރޯދަ މަސް ހޭދަކުރައްވަން" ކަމުގައެވެ. ބަންދުގައި ހުންނެވި މުއްދަތުގައި އައި ކޮންމެ ރަމަޟާން މަހެއް ޝޭޚު ޢިމްރާން ހޭދަކުރެއްވީ ގޭގައެވެ. އަދި ބައެއް ފަހަރު ގޭގައި ތިން ހަތަރު މަސް ހޭދަކުރައްވައެވެ.
މިއަދު ޝައިޚު ޢިމްރާނު މިއިން ބައެއް ޙަޤީޤަތް ހަނދުމަފުޅު ނެތުމަކީ އެކަށީގެންވާ ކަމެކެވެ. ރައީސް ޔާމީނަކީ ދިވެހިންގެ ތެރެއިން އެތައް ހާސް ބައެއްގެ ތާއީދު އޮތް ބޭފުޅެކެވެ. ޖަލުގައި ހުންނެވިނަމަވެސް އެމަނިކުފާނަކީ ޤައުމުގެ ވެރިކަން ކުރެއްވި ކުރީގެ ރައީސެކެެވެ. އެމަޤާމާއި ހައިސިއްޔަތަށް ޙަައްޤުވާ ޤަދަރެއް އޮންނާނެއެވެ. ބައެއް ފަހަރު ބައެއް ބޭފުޅުންނަށް އަލަށް ބާރެއް ލިބިވަޑައިގަތުމުން އެލިބިވަޑައިގަންނަވާ ބާރުގެ މަސްތުގައި، އޭގެ ލައްޒަތުގައި ތިމާގެ މާޒީ ހަނދުމަފުޅު ނެތެއެވެ.
މި ލިއުމާއި ގުޅޭ