ކޮމިއުނިޓީ ފަންޑުގެ ދެވަނަ ފިޔަވަހީގެ ދަށުން ފަސް ރަށަކަށް ބީއެމްއެލް އިން އެހީދީފި

ހިންދު ތައުފީޤް 15 އޮކްޓޯބަރު 2020 20:35
Flowers

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ތައާރަފުކޮށްފައިވާ އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު 2020 ގެ މިއަހަރުގެ ދެވަނަ ފިޔަވަހީގެ ފަސް ޕްރޮޖެކްޓް ހަވާލުކޮށް، ފަސް ރަށަކަށް އެހީތެރިކަން ފޯރުކޮށްދީފި އެވެ.އެގޮތުން މިފަހަރު އެހީތެރިކަން ފޯރުކޮށްދީފައިވަނީ؛ ރ. ކިނޮޅަސް ގައި ވޭސްޓްމެނޭޖްމަންޓް ސިސްޓަމްގައި ހިމެނޭ އެކި ބާވަތުގެ ކުނި ވަކިކުރުމުގެ ނިޒާމެއް ގާއިމްކޮށްދިނުމަށާއި، ބ. ގޮއިދޫގައި އާންމުން ބޭނުންކުރާނެ ހިތްފަސޭހަ މައިޒާނެއް ގާއިމްކުރުމަށާއި، ގއ. ކޮލަމާފުށީގައި ސްކޫލުގައި އާރު.އޯ ޕްލާންޓް ބޭނުންކޮށްގެން ދަރިވަރުންނަށް ބޯފެން ފޯރުކޮށްދިނުމަށާއި، ގދ. ނަޑެއްލާގައި ސޯލާ ބައްތި ހިމަނައިގެން ނޭޗާ ޕާކެއް ތަރައްގީކުރުމުގެ އިތުރުން ފުވައްމުލަށް ސިޓީގެ ޕަބްލިކް ލައިބްރަރީ އަށް ފޮތް ހަދިޔާކުރުމަށެވެ. އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީވުމުގެ ގޮތުން ބީއެމްއެލް އިން ތައާރަފްކޮށްފައިވާ ސީއެސްއާރް އިނީޝިއޭޓިވް އެކެވެ. މި ޕްރޮގްރާމްގެ ދަށުން މި އަހަރު ތެރޭގައި 30 ޕްރޮޖެކްޓަކަށް މާލީ އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމުގައި ބީއެމްއެލް އިން ބުނެފައިވެއެވެ. އެގޮތުން މި އަހަރުގެ ފުރަތަމަ އަދި ދެވަނަ ކުއާޓަރ ގެ 10 ޕްރޮޖެކްޓް މިހާރުވަނީ އެވޯޑްކުރެވިފައެވެ. 

ކިޔުންތެރިންގެ ހިޔާލު