ގެސްޓް ހައުސްތައް ފަތުރުވެރިންނަށް ހުޅުވާލައިފި

މަރިޔަމް ލީނާ 15 އޮކްޓޯބަރު 2020 13:33
Flowers
ރާއްޖޭގެ ގެސްޓް ހައުސްއެއް

ރާއްޖޭގެ ގެސްޓް ހައުސްތައް މިއަދު ފަތުރުވެރިންނަށް ހުޅުވާލައިފިއެވެ.

ކޮވިޑު-19 އާއި ގުޅިގެން ރާއްޖޭގެ މީހުންގެ ދިރިއުޅޭ ރަށްރަށުގައި ހިންގާ ގެސްޓް ހައުސްތަކާއި ހޮޓާތައް ބަންދު ކުރީ މިއަހަރުގެ މަޗު 17 ގައެވެ.

މިއަދު ގެސްޓް ހައުސްތައް ހުޅުވާލިރު 9 ރަށަކުން 16 ގެސްޓް ހައުސްއެއް ހުޅުވުމަށް ތައްޔާރުވެފައިވާކަމަށް ޓުއަރިޒަމް މިނިސްޓްރީން ހާމަކުރެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އިން ހާމަކުރި ގޮތުގައި ގެސްޓް ހައުސްތައް ހުޅުވާލާ ރަށްރަށުގެ ރައްޔިތުން މާސްކު އެޅުން މަޖުބޫރުވާނެއެވެ. ޓުއަރިޒަމް މިނިސްޓްރީން ވަނީ ގެސްޓް ހައުސްތައް ހުންނަ ރަށްރަށުގެ ރައްޔިތުންނަށް މާސްކު ބަހަން ނިންމާފައެވެ.

ގެސްޓު ހައުސްތައް ހުރި ރަށްތަކުގައި މާސްކު ބަހަމުން އަންނަނީ ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ.) ގެ އެހީތެރިކަމާއި އެކުގައެވެ. އެގޮތުން ޔޫއެންޑީޕީ އިން ވަނީ ނޮން ސާޖިކަލް މާސްކު ހަދިޔާކޮށްފައެވެ.

މާސްކުތައް ބެހުމަށް ހަމަޖެހިފައިވަނީ ރަށްރަށުގެ ކައުންސިލް އިދާރާތައް މެދުވެރިކޮށެވެ. 

ކިޔުންތެރިންގެ ހިޔާލު