ބީއެމްއެލް ދިވެހިރުފިޔާ ކާޑުތަކުން ރާއްޖެއިން ބޭރުގައި މުއާމަލާތްކުރެވޭ މިންވަރު ކުޑަކޮށްފި

އައިޝަތު ހަނާ 16 ސެޕްޓެމްބަރު 2020 10:03
Flowers
ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލް ކާޑުތައް ބޭނުންކޮށްގެން ރާއްޖެއިން ބޭރުގައި މުއާމަލާތްކުރެވޭނެ މިންވަރުތައް އެ ބޭންކުން ކަނޑައަޅައި ދިވެހިރުފިޔާ ކާޑުތަކުން ފައިސާގެ މުއާމަލާތްކުރެވޭނެ މިންވަރު ހިފަހައްޓައިފިއެވެ. 

މިއަދު އެ ބޭންކުން ހާމަކުރި ގޮތުގައި މިހާރު ދިވެހިރާއްޖޭގައި ދިރިއުޅޭ މީހެއް ނަމަ، ދިވެހި ރުފިޔާ ޑެބިޓް ކާޑަކުން މަހެއްގެ މައްޗަށް ކުރެވޭނީ 250 ޑޮލަރެވެ.  ކުރެޑިޓު ކާޑުންވެސް މަހެއްގެ މައްޗަށް ކެނޑޭނީ 250 ޑޮލަރެވެ. އަދި ރާއްޖެއިން ބޭރުގައި އުޅޭ ފަރާތެއްނަމަ އެފަރާތަށް މަހެއްގެ މައްޗަށް ދިވެހިރުފިޔާ ޑެބިޓު ކާޑުންނާއި ކުރެޑިޓު ކާޑުންވެސް މުއާމަލާތްކުރެވޭނީ 750 ޑޮލަރުގެ މުއާމަލާތެވެ. 

މީގެ ކުރިން ބީއެމްއެލް ދިވެހި ރުފިޔާ ޑެބިޓު ކާޑެއް ބޭނުންކޮށްގެންވެސް ދުވާލެއްގެ މައްޗަށް 400 ޑޮލަރުގެ މުޢާމަލާތް ކުރެވެެއެވެ.

ދިވެހި ރުފިޔާ ޑެބިޓު ކާޑު ބޭނުންކޮށްގެން ފައިސާ ނެގޭ މިންވަރު ބީއެމްއެލްއިން ކުޑަކުރި ނަމަވެސް ޑޮލަރު ޑެބިޓު ކާޑުން ފައިސާ ނެގޭ މިންވަރު ކުޑަކޮށްފައިނުވެއެވެ. 

ބޭންކުން ބުނި ގޮތުގައި ބޭންކުން އެޅި މި ފިޔަވަޅުގެ ސަބަބުން ބޭންކުގެ 95 އިންސައްތަ ކަސްޓަމަރުންނަށް އަސަރެއް ނުކުރާނެ ކަމުގައެވެ. އަދި ކާޑުން ކެނޑޭ މިންވަރު ވަކި މިންވަރެއްގައި ހިފަހެއްޓި ނަމަވެސް ބޭސްފަރުވާއާއި ތައުލީމާ ގުޅުންހުރި ކަންކަމުގައި ފައިސާދެއްކަންޖެހޭ ކަސްޓިމަރުންނަށް ވަގުތީ ލިމިޓެއް ހަމަޖައްސަން ނިންމާފައިވާ ކަމުގައިވެސް އެ ބޭންކުން ބުނެފައިވެއެވެ. 

އޭގެ އިތުރަށް ބޭންކުން ބުނެފައިވަނީ މި ފިޔަވަޅަކީ މިވަގުތު އިޤުތިޞާދީ ޙާލަތު ހުރި ގޮތުން އެޅުމަށް ލާޒިމުވި ފިޔަވަޅެއް ކަމުގައެވެ. އަދި މި ޙާލަތު ފިލައިދިޔުމުން މި ނިންމުން މުރާޖަޢާކޮށް ބަދަލުކުރާނެ ކަމުގައިވެސް ބޭންކުން ބުނެފިއެވެ. 

ކިޔުންތެރިންގެ ހިޔާލު
ޙައްގުބަސް
މިރާއްޖެ ބަނގުރޫޓުވެ ދަރަނިވެރިވެ ނިމިއްޖެ! މިއީ 2008 ވަނަ އަހަރު ރައިސް ނަޝީދު މިރާއްޖޭގެ ވެރިކަމާ ޙަވާލުވުމަށްފަހުވެސް ކަންތައްތައްވި ގޮތް!! އޭރުވެސް ޑޮލަރު ލިބުން ދަތިވެ ރާއްޖޭގެ ފައިސާގެ އަގުވެސް ދަށްވި!! ނަޝީދު ވެރިކަމާއި ޙަވާލުވިއިރު ޑޮލަރަކަށް އޭރު ލިބޭ 12.85 ދިވެހި ރުފިޔާ! އޭނާވެ ވެރިކަމުގައިވެސް އިގްތިސޯދު ހިފަހައްޓަން ނޭނގި ރާއްޖޭގެ އިގްތިސޯދު ފުން ވަޅުގަނޑަކަށް ވެއްޓި އެންމެ ފަހުން ޑޮލަރު ލިބުން އިންތިހާއަށް ދަތިވެ ބުލެކް މާކެޓެއް އުފެދި މަޖުބޫރުވީ ދިވެހި ރުފިޔާގެ އަގު ދަށްކުރަން!! އެހެންކަމުން ޑޮލަރަކަށް 15.42 ރުފިޔާއަށް ބަދަލުވެ ދިވެހިންނަށް އެތައް ގެއްލުމެއްވި!! އިންފްލޭޝަން މަތިވެ ކާބޯތަކެތީގެ އަގުތައް އުފުލުނު!! ބޭރުގައި ކިޔަވަން ތިބޭ ކުދިންނަށް ޑޮލަރު ލިބުން ދަތިވެ އޭރުވެސް ބީއެމްއެލްއިން ހަމަ މިގޮތަށް ޢަމަލުކުރި!! ކާޑުން ބޭރުގައި ކުރެވޭ މުޢާމަލާތްތައް ލިމިޓްކުރި!! މިދަތިކަންމަތީގައި ދިވެހި އެންމެހާ ރައްޔިތުންނާ ކިޔަވާ ކުދިން ތިއްބާ 2013 ވަނަ އަހަރު ރާއްޖޭގެ ވެރިކަމާ ޙަވާލުވީ ރައިސް ޔާމީން!! ޔާމީން ވެރިކަމާ ޙަވާލުވުމަށްފަހު ހަމަސްތެރޭ ޑޮލަރުގެ ތާށިކަން ކަނޑުވާލި! ލިމިޓްކޮށްފައި އޮތް ކްރެޑިޓް ކާޑުތަކާއި ޑެބިޓް ކާޑުތަކުގެ ލިމިޓްތައް އުވާލާ ކާޑުގެ ބޭނުން ބޭރުގައި އުޅޭ ފަރާތްތަކަށާއި ރާއްޖޭގައި އުޅޭ ފަރާތްތަކަށް ފައިސާގެ މުޢާމަލާތްކުރުމުގައި ފަސޭހަ ގޮތްތަކަށް ބަދަލުކުރި!! ރާއްޖޭގެ އިގްތިސޯދު އިންތިހާއަށް ރަގަނޅުވެ ޑޮލަރު ތިޔާގިވި!! ބޭނުން ވަރަކަށް ޑޮލަރު ލިބެން ފެށި!! އެންމެ ފަހުން އޭޓީއެމް މެޝިންތަކުންވެސް ޑޮލަރު ނެގޭނެ އިންތިޒާމްތައް ފަހިކޮށްދެއްވި!! މިފަދަ އެތައްކަމެއް ރަގަނޅުވެ ރައްޔިތުން ކުރާނެ މަސައްކަތްތައް އިތުރުވެ ރައްޔިތުންގެ ޖީބުތައްވެސް ތަނަވަސްވެގެން ގޮސް ރާއްޖޭގެ ތަރައްގީވެސް މެކްހަށްޖަހާފައި އޮތްވާ 2023 ވަނަ އަހަރު މިރާއްޖޭގެ ރައްޔިތުން ޔާމީންގެ ސަރުކާރަށް ނޫނެކޭ ބުނެ ވެރިކަމުން ދުރުކުރީ!! އެތައް އިލްޒާމްތަކެއް އެޅުވި! މިރާއްޖޭގައި ފުރަތަމަ ލައިވް ޝަރީޢަތެއް ހިންގާ ރައިސް ޔާމީންގެ މައުސޫމުކަން ދިވެހި އެންމެހާ ރައްޔިތުންނަށްވެސް ހާމަވެގެން ދިޔަ ނަމަވެސް ޖައްބާރުންގެ ނުލަފާކަން އިންތިހާއަށް ދައްކާ "ހަރާމް" ހުކުމެއްކޮށް އެވަނީ ޖަލަށްލާފަ!! މިއޮތީ އަނެއްވެސް އެމްޑީޕީގެ ވެރިކަން!! ތާހިރެއްނު! މިއޮތީ މިއަދު 2012 ވަނަ އަހަރުވެސް އެމްޑީޕީއަށް ވެރިކަން ދިނީމަ ވީގޮތްވެފަ!! މިއަދު އަދި މާގޯސް!! ވައްކަން އިންތިހާއަށް ބޮޑު!! ގައުމު ވިއްކާލައިފި!! ރައްޔިތުން ނިކަމެތިވެއްޖެ!! މަގުމަތިވެއްޖެ! މިއީ ރައްޔިތުން ބޭނުންވި ބަދަލުބާ!! ނޫ އިގްތިސޯދު ބާ؟ އަނެއްކާވެސް ރައްޔިތުން ނިންމިގޮތް ރައްޔިތުންނާ މިބައްދަލުކުރީ!! ހޭއަރާކަށް ހަމަ ނުވޭތޯ؟ އަދިވެސް ޣާފިލްކަމުގެ ނިދިން ހޭލަން ހަމަ ނުވޭތޯ!! މިއީ ދިވެހި އެންމެހާ ރައްޔިތުންނާ އަޅުގަނޑު އަމާޒުކުރާ ސުވާލުތަކެއް!