Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ވިޔަފާރި

އައްޑޫއަށް 6 ލައްކަ ފަތުރުވެރިން ގެންނަނީ

ސަރުކާރުގެ އަމާޒަކީ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްޤީކޮށް އަހަރަކު 6 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ގެނައުން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ނޫހަކަށް ދެއްވި ބަސްދީގަތުމެއްގައި ފައްޔާޒު ވިދާޅުވީ ސަރުކާރުން އައްޑޫ ތަރައްޤީ ކުރުމަށް އެކުލަވާލި ޕްލޭނާއި އެއްގޮތަށް އައްޑޫ ތަރައްޤީ ކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި ގަން އިންޓަނޭޝަނަލް އެއާޕޯޓުވެސް ތަރައްޤީކުރަން އެކުލަވާލި ޕްލޭނާއި އެއްގޮތަށް ގަން އެއާޕޯޓު ތަރައްޤީ ކުރަން ހަމަޖެހިފައިވާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
މިގޮތުން އިންޑިއާ އިން 17 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެން އެ ފައިސާ އިން އައްޑޫ އެއާޕޯޓު ތަރައްޤީ ކުރުމަށް ނިންމާފައިވާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ. އަދި ސަރުކާރުގެ ޕްލޭނަކީ ގަން އެއާޕޯޓާއި އެކު ދެކުނުގެ ފަތުރުވެރިކަން ކުރިއަރުވައި އަހަރު 6 ލައްކަ ފަތުރުވެރިން ގެނައުމަށް އަމާޒު ހިފާފައިވާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
"ސަރުކާރުގެ ވިސްނުމަކީ އިންފްރާސްޓަރަކްޗަރ، ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ޤާއިމްކޮށްދިނުން، އައްޑޫއަށް ގޮސް މީހުންނަށް ވަޒީފާ އަދާކުރެވޭނެ މަގު ފަހިުކުރުން.. ދަރިންނަށް ރަނގަޅު ތައުލީމެއް ދީ، ރަނގަޅު ސިއްހީ ފަރުވާ ލިބޭނެ އިންތިޒާމް ހަމަޖެއްސުން." ފައްޔާޒު ވިދާޅުވިއެވެ.
ރައީސް ސޯލިހް ވަނީ އައްޑޫ ސިޓީއަށް އެތައް މިލިއަން ޑޮލަރެއް ހަރަދު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އެހެން ނަމަވެސް ރައީސް ގެ ވެރިކަމަށް 2 އަހަރު ވާން ކައިރިވެފައިވާއިރު އަދި އައްޑޫ ސިޓީއަކަށް އެދެވޭ ތަރައްޤީ އެއް އައިސްފައި ނުވާކަން އެ ސިޓީގެ ރައްޔިތުން ފާހަގަކުރެއެވެ.
މި ލިއުމާއި ގުޅޭ