Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ވިޔަފާރި

އޯގަސްޓު މަހު ޑޮލަރުން ލިބުނު އާމްދަނީ އިތުރުވެއްޖެ

އޯގަސްޓު މަހު ދައުލަތަށް އާމްދަނީގެ ގޮތުގައި ޑޮލަރުން ލިބުނު މިންވަރު އިތުރުވެއްޖެއެވެ.
މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓޯ މީރާ އިން ހާމަކޮށްފައިވާ ގޮތުގައި އޯގަސްޓު މަހު މީރާ އަށް ވަނީ 21.67 މިލިއަން ޑޮލަރު ލިބިފައެވެ. ޑޮލަރާއި ރުފިޔާ އާއި އެއްކޮށް އޯގަސްޓު މަހު އާމްދަނީގެ ގޮތުގައި 1.71 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.
ޖުލައި މަހަށް ބަލާއިރު ޑޮލަރުން އާމްދަނީގެ ގޮތުގައި ލިބިފައިވަނީ އެންމެ 4.75 މިލިއަން ޑޮލަރެވެ. އަދި ޑޮލަރާއި ރުފިޔާ އާއި އެކު ލިބިފައިވަނީ 656.1 މިލިއަން ރުފިޔާގެ އާމްދަނީއެކެވެ.
މީރާ އިން ހާމަކޮށްފައިވާ ގޮތުގައި އޯގަސްޓު މަހުގެ އާމްދަނީ އިތުރުވެފައިވަނީ އެކި އެކި ޓެކްސްތައް ދައްކަން ޖެހޭ ފަހުގެ ތާރީހު ފަސްކުރުމުގެ ސަބަބުން އޯގަސްޓުގައި އެ ޓެކްސްތައް ދެއްކުމުގެ ސަބަބުންނެވެ.
ކޮވިޑު-19 އާއި ގުޅިގެން ދައުލަތަށް ލިބޭ އާމްދަނީ ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. އޭގެ ސަބަބުން މިހާރު ދައުލަތުގެ ހަރަދުތައް ހަމަޖައްސަނީ ފައިސާ ޖަހައިގެންނެވެ.
މި ލިއުމާއި ގުޅޭ