މިދިޔަމަހު 28،124 ބަސްތާ ކާޑު އަތޮޅުތެރެއަށް ފޮނުވިން: އެސްޓީއޯ

މަރިޔަމް ލީނާ 1 އޯގަސްޓު 2020 19:43
Flowers

މިދިޔަ ޖުލައި މަހު 28124 ބަސްތާ ކާޑު އަތޮޅުތެރެއަށް ފޮނުވިކަމަށް އެސްޓީއޯ އިން ބުނެފިއެވެ.

އެސްޓީއޯ އިން ބުނެފައިވާ ގޮތުގައި ފާއިތުވި މުޅި ޖުމްލަ 398 އޯޑަރަށް ބޭނުންވާ ކާޑުގެ ބާވަތްތައް އަތޮޅުތެރޭގެ ރަށްތަކަށް ފޮނުވާފައިވާކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 11559 ބަސްތާ ހަނޑުލާއި 3543 ބަސްތާ ހަކުރާއި 13022 ބަސްތާ ފުށެވެ.

މީގެ އިތުރުން، މާލޭގެ އެކިއެކި ފިހާރަތަކަށް ފޮނުވާފައިވާ ކާޑުގެ ބާވަތްތަކުގެ ތަފްސީލުވެސް އެސްޓީއޯ އިން މިއަދު ވަނީ އާންުމުކޮށްފައެެވެ. މިގޮތުން 2034 އޯޑަރަކަށް ވަނީ ކާޑުގެ ބާވަތްތައް ފޮނުވާފައެވެ. އެއީ ޖުމްލަ 21542  ބަސްތާ ހަނޑުލާއި، 4574 ބަސްތާ ހަކުރާއި، 14007 ބަސްތާ ފުށެވެ. 

އެސްޓީއޯ އިން ބުނެފައިވަނީ ރާއްޖެއަށް ބޭނުންވާ ކާޑު ބަރާބަރަށް ހުރި ކަމަށާއި އެކަމުގައި ދަތިކަމެއް ނޫޅޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު