ފުރަތަމަ ކުއާޓާއަށްވުރެ ދެވަނަ ކުއާޓާގައި އެމްޓީސީސީގެ ފައިދާ 38 މިލިއަން ރުފިޔާ މަދު

އިބްރާހިމް އާދަމް 1 އޯގަސްޓު 2020 13:58
Flowers
އެމްޓީސީސީގެ މެނޭޖިން ޑިރެކްޓާ އާދަމް ޢާޒިމް

މިއަހަރުގެ ފުރަތަމަ ކުއާޓާގައި އެމްޓީސީސީއަށް ލިބުނު ފައިދާއަށްވުރެ އަހަރުގެ ދެވަނަ ކުއާޓާގައި ލިބުނު ފައިދާ 38 މިލިއަން ރުފިޔާ މަދުވެއްޖެއެވެ. 

މިއަހަރުގެ ފުރަތަމަ ކުއާޓާގައި އެމްޓީސީސީއަށް ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 53 މިލިއަން ރުފިޔާއެވެ. ދެވަނަ ކުއާޓާގައި ލިބިފައިވަނީ 15 މިލިއަން ރުފިޔާއެވެ. މިއީ 38 މިިލިއަން ރުފިޔާ މަދު އަދަދެކެވެ. ދެވަނަ ކުއާާޓާގައި ލިބުނު ފައިދާ މަދުވެފައިވަނީ ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވެފައިވާ އިޤުތިޞާދީ ހީނަރުކަމުގެ ސަބަބުންނެވެ. 

އެމްޓީސީސީއަށް އަހަރުގެ ފުރަތަމަ ކުއާޓާގައި ލިބުނު އާމްދަނީއަށްވުރެ ދެވަނަ ކުއާޓާގައި ލިބުނު އާމްދަނީވެސްވަނީ ދަށްވެފައެވެ. އެގޮތުން ފުރަތަމަ ކުއާޓާގައި އާމްދަނީގެ ގޮތުގައި 354 މިލިއަން ރުފިޔާ ލިބިފައިވެއެވެ. ދެވަނަ ކުއާޓާގައި ލިބިފައިވަނީ 248 މިލިއަން ރުފިޔާ ކަމުގައި އެކުންފުނިން ނެރެފައިވާ ކުއާޓާ މާލީ ރިޕޯޓުގައި ބުނެފައިވެއެވެ. 

އާމްދަނީއާއި ފައިދާ ދަށްވެފައިވުމުގެ ސަބަބުން ހިއްސާއަކަށް ލިބުނު މިންވަރުވެސްވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. އެގޮތުން އެމްޓީސީސީގެ ހިއްސާއަކަށް ފުރަތަމަ ކުއާޓާގައި ލިބިފައިވަނީ 3.83 ރުފިޔާއެވެ. ދެވަނަ ކުއާޓާގައި ލިބިފައިވަނީ 1.87 ރުފިޔާ ކަމުގައިވެސް ރިޕޯޓުގައި ބުނެފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު
ފަރުދާ
އަމިއްލަ އެދުމުން ފޯވެފަ ތިބި ބަޔެއް ތަނުގެ ތޮށިގަޑު ދެން ފެންނާނީ މި އާޒިމް ދެން ހިތުން މީ މާހިންގުން ތެރި މީހެއް ފައްކާ ރޯނު އެދުރެއް އަބޫބަކުރު ގެ ބޮޑުވައި އިގިލީގަ ދޫލުން މިމީހުން ގެ އާންމުކަމަކީ