Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ވިޔަފާރި

މުދަލުގެ އަގު މައްޗަށް ދާނެ ކަމުގެ އިންޒާރު ޝަރީފް ދެއްވައިފި

ޑޮލަރުގެ އަގު މަތިވަމުން ދާނަމަ މުދަލުގެ އަގު ވަރަށް އަވަހަށް މައްޗަށް ދާނެ ކަމަށް އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
މިއަދު ކުރެއްވި ޓުވީޓެއްގައި ޝަރީފް ވިދާޅުވީ ޑޮލަރުގެ އަގު މިދާ ރޭޓުން މައްޗަށް ދާނަމަ ތަކެތީގެ އަގު ވަރަށް އަވަހަށް މައްޗަށް ދާން ފަށާނެކަމަށެވެ. އަދި ގްރޭ މަކެޓުގައި ޑޮލަރުގެ އަގު 18 އަށްވުރެ މައްޗަށް ހިނގައްޖެކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފްގެ އިތުރުން އެހެން ބައެއް މަޖިލިސް މެމްބަރުންނާއި، ބޮޑެތި ވިޔަފާރިވެރިންދަނީ ޑޮލަރުގެ އަގު މައްޗަށް ދާތީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ނަމަވެސް ސަރުކާރުން އެކަމާއި ގުޅިގެން އަދި އެއްވެސް އެއްޗެއް ހާމަކޮށްފައިނުވެއެވެ.
ރާއްޖޭގެ ގިނަ ވިޔަފާރި ކުންފުނިތަކުން ދަނީ ޑޮލަރު ހޯދުމުގައި ދަތިތައް ހުރިކަން ފާހަގަކުރަމުންނެވެ. މިދިޔަ މަހު "ދިޔަރެސް" އަށް މައުލޫމާތު ދެއްވި ބައެއް ވިޔަފާރި ކުންފުނިތަކުން ބުނެފައިވާ ގޮތުގައި އިމްޕޯޓަށް ބޭނުންވާ ޑޮލަރު ބޭންކުންވެސް ނުލިބޭއިރު ކަޅު ބާޒާރުގައިވެސް ބޭނުންވާވަރަށް ޑޮލަރު ލިބެން ނެތްކަމަށެވެ.
އަދި ޑޮލަރު ލިބުން ދަތިވާނަމަ ބޭރުން އެތެރެ ކުރާ މުދަލުގެ އަގު މަތިވުމަކީ ވަރަށް ބޮޑަށް އެކަށީގެންވާކަމެއް ކަމުގައި އެ ކުންފުނިތަކުން ފާހަގަކުރިއެވެ.
މާޗު މަހު ސަރުކާރުން ވަނީ ކޮވިޑު-19 އާއި ގުޅިގެން ޑޮލަރުގެ އަގު ބޮޑު ނުވާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދީފައެވެ. އަދި މިއަހަރުގެ ފަހުކޮޅު ރާއްޖެއަށް އިޤްތިސާދީ ބޫމްއެއްވެސް އަންނާނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްވެސް ވަނީ ވިދާޅުވެފައެވެ
މި ލިއުމާއި ގުޅޭ