ތެލުގެ އަގުގެ ހަނގުރާމައިން ސަޢޫދީއަށް 12 ބިލިއަން ޑޮލަރުގެ ގެއްލުން ވެއްޖެ: އޮއިލް ޕްރައިސް

އާމިނަތު ޝިމާ 28 ޖޫން 2020 11:21
Flowers
ސަޢޫދީގެ ތެޔޮ ސާފުކުރާ މަރުކަޒެއް

ރަޝިޔާއާއި ސަޢޫދީގެ މެދުގައި ތެލުގެ ބާޒާރުގައި ފަށާފައިވާ ތެލުގެ އަގުގެ ހަނގުރާމައިން ސަޢޫދީ ޢަރަބިއްޔާއިން ބޭރުކުރާ ތެުން 12 ބިލިއަން ޑޮލަރުގެ ގެއްލުމެއް އެޤައުމަށް ލިބިފައިވާ ކަމުގައި އޮއިލް ޕްރައިސް ވެބްސައިޓުން ބުނެފިއެވެ. 

އެވެބްސައިޓުގައި އިތުރަށް ބުނެފައިވާ ގޮތުން ސަޢޫދީ ޢަރަބއިްޔާގެ ތަފާސްހިސާބާ ބެހޭ އިދާރާއިން ޢާންމުކުރި ލިޔުންތަކުން ފެންނަ ގޮތުގައި 2019 ވަނަ އަހަރުގެ އޭޕްރީލް މަހުގައި ސަޢޫދީން ވިއްކި ތެލުން ލިބުނު ފައިދާއާ އަޅާބަލާއިރު މިއަހަރު ލިބުނު ފައިދާ 65% ދަށަށް ގޮސްފައިވާ ކަމުގައެވެ. ނަމަވެސް ސަޢޫދީން ތެޔޮ އުފައްދާ މިންވަރު މިއިން ޒަމާނެއްގައި އިތުރުނުވާ މިންވަރަށް އިތުރުވެފައިވާ ކަމުގައިވެސް އެވެބްސައިޓުގައި ބުނެފައިވެއެވެ. 

މިއަހަރު ފެށުމާއެކު ސަޢޫދީ ޢަރަބިއްޔާއަށް ތެޔޮ ބޭރުކޮށްގެން ލިބޭ އާމްދަނީ ވަރަށް ބޮޑަށް އުނިވެފައިވެއވެެ. އެގޮތުން ޖަނަވަރީން ފެށިގެން އޭޕްރީލް މަހަށް ސަޢޫދީން ވިއްކި ތެލުން ލިބުނު އާމްދަނީން 24 ބިލިއަން ޑޮލަރުގެ ގެއްލުން ލިބިފައިވެއެވެ. 

އަދި ދުނިޔޭގެ ތެލުގެ ބާޒާރާ ގުޅޭ މާހިރެއް ކަމުގައިވާ ޑރ.މަމްދޫޙު ސަލާމާއާ ހަވާލާދީ އަލްޖަޒީރާއިން ބުނެފައިވަނީ އޭޕްރީލް މަހުގައި ރަޝިޔާއާ ދެކޮޅަށް ސަޢޫދީން ކުރިއަށް ގެންދިޔަ އަގުގެ ވާދައިން އެޤައުމަށް އެއްވެސް މިންވަރެއްގެ ނަފާއެއް ލިބިފައި ނެތް ކަމުގައެވެ. 

"އަލްޖަޒީރާ"އާ ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ މިފަދަ ހަނގުރާމައަކަށް ވަދެގަތުމަށް ސަޢޫދީން ނިންމި ނިންމުމަކީ އެކަށީގެންވާ ވަރަށް ދިރާސާނުކޮށް އަވަސްއަރުވައިގެން ނިންމި ޢާޠިފީ ނިންމުމެއް ކަމުގައެވެ. އަދި ބާޒާރަށް ތެޔޮ ނެރެ އަގުތައް ތިރިކުރަން ސަޢޫދީން ނިންމި ވަގުތަކީ ބާޒާރުގައި އިތުރަށް 30 މިލިއަން ފީފާގެ ތެޔޮ ހުރި ވަގުތެއް ކަމުގައެވެ. އަދި އެއީ ކޮރޯނާ ވައިރަސްގެ ކާރިސާގެ ތެލަށް އޮތް ބޭނުންޖެހުން ކުޑަވެފައިވާ ވަގުތެއް ކަމުގައިވެސް އޭނާ ފާހަގަކުރެއްވިއެވެ. 

ކިޔުންތެރިންގެ ހިޔާލު