ޙައްޖަށް ހުޅުވައިނުލުމުން ސަޢޫދީ ޢަރަބިއްޔާއަށް ކިހާވަރެއްގެ އިޤުތިޞާދީ ގެއްލުމެއް ލިބޭނެ ހެއްޔެވެ؟

ޙުސައިން އަފްޝަން 25 ޖޫން 2020 19:17
Flowers
ތެޔޮ ވިޔަފާރި ނުހިމަނައި ސަޢޫދީގެ ޖީޑީޕީ ހިސާބުކުރާއިރި ހައްޖާއި އުމްރާއަކީ ޖީޑީޕީގެ 20% އާއި 30%އާ ދެމެދުގެ މިންވަރެކެވެ.

މިއަހަރު ޙައްޖު މޫސުމުގައި ސަޢޫދީން ބޭރުން މީހުން ޙައްޖުވުމަށް އައުމުގެ ހުއްދަ ނުދޭނެ ކަމުގައި ސަޢޫދީ ޢަރަބިއްޔާއިންވަނީ އިޢުލާނުކޮށްފައެވެ. ޙައްޖުވުމުގެ ފުރުޞަތު މިއަހަރު އެޤައުމުން ދެނީ ހަމައެކަނި އެޤައުމުގައި އުޅޭ މީހުންނަށެވެ. ސަބަބަކީ ކޮރޯނާވައިރަސްގެ ވަބާ އަލުން ފެތުރިދާނެ ކަމުގެ ބިރު ބޮޑުވުމެވެ. 

ވޯލް ސްޓްރީޓް ޖާނަލްގައި ޖެރެޑް މަލްސިން ލިޔުއްވާފައިވާ ލިޔުމެއްގައި ވިދާޅުވެފައިވަނީ، ފަސް އަހަރު ދުވަހުގެ މުއްދަތަކަށް ދެމިގެންދާ ޙައްޖު މޫސުމަކީ ސިޔާސީ ގޮތުންނާއި ދީނީ ގޮތުން ސަޢޫދީ ޢަރަބިއްޔާގެ ބާރު ދައްްކުވައިދޭ ދުވަސްކޮޅެއް ކަމުގައެވެ. އަދި އޭގެ އިތުރަށް އެމޫސުމަކީ ސަޢޫދީ ޢަރަބިއްޔާއަށް ގާތްގަނޑަކަށް 9 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭ މޫސުމެއް ކަމުގައިވެސް އޭނާ ފާހަގަކުރެއްވިއެވެ. 

ސުޢޫދީ ޢަރަބިއްޔާގައި މިހާތަނަށް 161 މީހަކު ވަނީ ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެފައެވެ. އަދި މިވައިރަހުން ޖެހޭ ބަލި ކޮވިޑް-19ގައި 1،300 މީހުން ދުނިޔެ ދޫކޮށްފައިވާ ކަމަށް ރަސްމީ ތަފާސް ހިސާބުތަކުން ދައްކައެވެ. މިވައިރަސް ފެތުރުމުގެ ސަބަބުން މިހާތަނަށް އެންމެ ގިނަ މީހުންނަށް ބަލިޖެހިފައިވަނީ އަދި އެންމެ ގިނަ މީހުން މަރުވެފައިވަނީ މައްކާގައެވެ. އެގޮތުން 22،000 މީހުންނަށް ބަލިޖެހުނުއިރު 381 މީހަކު މައްކާގައި ނިޔާވެފައިވެއެވެ. 

ވައިރަސް އިތުރަށް ފެތުރުނަ ނުދިނުމުގެ ގޮތުން މާޗު މަހުގައި ސަޢޫދީންވަނީ ފުރަބަންދު ހިންގާފައެވެ. އެގޮތުން ގިނަ ދީނީ އެއްވުންތައްކެއް އެއްވުން އެޤައުމުން ވަނީ މަނާކޮށްފައެވެ. ބަލި ޖެހޭ މީހުންގެ ޢަދަދާއި މަރުވާ މީހުންގެ ޢަދަދު އިތުރުވެފައިވީ ނަމަވެސް ފާއިތުވި އާދީއްތަދުވަހު ސަޢޫދީންވަނީ އިޢުލާނުކުރި ގިނަ ހިފަހެއްޓުންތަކަށް ލުއި ދީފައެވެ. އެގޮތުން ދަތުރުފަތުރުކުރުމާއި އިޤުތިޞާދީ ހަރަކާތަށް މިހާރު އެޤައުމުވަނީ ހުޅުވާލާފައެވެ. 

ކޮރޯނާ ހިޔަނީގައި ޙައްޖު

ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް މިލިއަން ބައެއް ޙައްޖުވުމަށް ސަޢޫދީއަށް ދަތުރުކުރުމަކީ އެކަމުގައި ގިނަ ނުރައްކާތަކެއް އެކުލެވޭ ކަމުގައެވެ. ސަޢޫދީގެ ޙައްޖާއި ޢުމްރާއާ ބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބޭރުން ޙައްޖާޖީން އައުމުގެ ފުރުޞަތު ނުދިނުމުގެ އެންމެ ބޮޑު ބޭނުމަކީ ޙައްޖުވެރިންގެ ސަލާމަތް ކަށަވަރުކުރުމެވެ. 

ފާއިތުވި އަހަރުގައި ޙައްޖު މޫސުމުގައި ހައްޖަށް ދިޔަ ހައްޖާޖީންގެ ޢަދަދަކީ ގާތްގަނޑަކަށް 2.5 މިލިއަން މީހުންނެވެ. މިއަހަރު ހައްޖަށް ދެވޭނެ މީހުންގެ ޢަދަދު އެހާ ބޮޑަށް މަދުކުރުމަށް ސަޢޫދީން ނިންމުމަކީ ހައްޖުގެ ވިސާ ހޯދާފައިވާ ގިނަ ބަޔަކަށް ސިހުމެއް ގެނުވި ކަމެއް ކަމުގައިވެސް ޖެރެޑް އޭނާގެ ލިޔުމުގައި ބުނެފައިވެއެވެ. 

އަދި ޙައްޖު މޫސުމުގައި ސަޢޫދީއަށް އަންނަ ޙައްޖާޖީންގެ ޢަދަދު މަދުވުމަކީ، ބައިނަލްއަޤުވާމީ ބާޒާރުގައި ތެލުގެ އަގު ވެއްޓުމާ ގުޅިގެން ސަޢޫދީއަށް ކުރިމަތިވެފައިވާ މާލީ ދަތިކަމުގައި އިތުރު އުދަގުލާއި ބުރަ އުފުލަންޖެހޭ ކަމެއް ކަމުގައިވެސް އޭނާ ފާހަގަކުރިއެވެ. އަދި ބަޖެޓުގައި އާމްދަނީއާއި ޚަރަދުގެ މެދުގައި އޮތް ފަރަގު ބޮޑުވުމުގެ ސަބަބުން ސަޢޫދީން މިހާރުވަނީ ލޯނު ނަގަން ނިންމާފައި ކަމަށްވެސް އޭނާ ބުނެފައިވެއެވެ. 

ޙައްޖަކީ އާމްދަނީ ލިބޭ ބޮޑު ވަސީލަތެއް 

ގަލްފު ޤައުމުތަކުގެ ކަންކަން ދިރާސާކުރައްވާ ބާހިސާއެއް ކަމުގައިވާ ކްރިސްޓިން ސްމިތް ޑީވާން ބުނެފައިވަނީ ޙައްޖު ބަންދުކުރުމަށް ނިންމި ނިންމުމަކީ އެކަމުގައި އެކުލެވޭ ހައްސާސް އެތައް ނުކުތާއަކަށް ރިޢާޔަތްކުރުމަށްފަހު ސަޢޫދީން ނިންމި ޚުޠޫރަތްތެރި ނިންމުމެއް ކަމުގައެވެ. އަދި ޙައްޖުގެ ކަންކަމަކީ އެކަމުން ސަޢޫދީއަށް ގިނަ ޢަދަދެއްގެ ފައިސާ ލިބުނުނަމަވެސް ޒިންމާދާރުކަމާއެކު ވަރަށް ބޮޑަށް ރިޢާޔަތްތެރިކަން ދީގެން ސަޢޫދީން ބަލަހައްޓަމުންދާ ކަމެއް ކަމުގައިވެސް އޭނާ ބުންޏެވެ. 

ނަމަވެސް ސަޢޫދީ ޢަރަބިއްޔާއަށް ޙައްޖު މޫސުމުގައި ޙައްޖާޖީން ނައުމުން ލިބޭ ގެއްލުމަކީ ވަރަށް ބޮޑު އިޤުތިޞާދީ ގެއްލުމުގައި ކަމަށްވެސް އޭނާ ބުނެފައިވެއެވެ. އަދި ސަޢޫދީއަށް ކުރިމަތިވެފައިވާ މާލީ ދަތިކަމުގެ ސަބަބުން ސަޢުދީގެ އިޤުތިޞާދު ތެލުގެ މައްޗަށް ބަރޯސާވާ މިންވަރު ކުޑަކުރުމުގެ ގޮތުން ފަތުރުވެރިކަމުގެ ޞިނާޢަތް ކުރިއެރުވުމަށް ވުނަކުރުމަށް ނިންމާފައިވާ 13 ބިލިއަން ޑޮލަރު ކުޑަކުރުމަށް ނިންމާފައިވާ ކަންވެސް ފާހަގަވެއެވެ. 

ސަޢޫދީ ޢަރަބިއްޔާގެ ތަފާސް ހިސާބުތަކަށް ބަލާއިރު އެޤައުމުގެ ޤައުމީ އުފެއްދުންތެރިކަމުން ތެޔޮ ވިޔަފާރިން ލިބޭ އާމްދަނީ އިސްތިސްނާކުރުމަށްފަހު، އެޤައުމުގެ ޤައުމީ އުފެއްދުންތެރިކަން ހިސާބުކުރާއިރު، ޙައްޖާއި ޢުމްރާއަކީ ޤައުމީ އުފެއްދުންތެރިކަމުގެ 20%އާ ގާތްކުރާ މިންވަރެއް ހިއްސާކުރާ ކަމެކެވެ. އަދި ޙައްޖު ފަސްވުމާއި ޢުމްރާ ދަތުރުތައް ނުފެށި ލަސްވުމުގެ ސަބަބުން މައްކާއާއި މަދީނާގެ އިޤުތިޞާދަށް ވަރަށް ބޮޑު ލޮޅުމެއް އަރާނެ ކަމުގައި ވަރަށް ގިނަ މާހިރުން ލަފާކުރެއެވެ. 

ޙައްޖާއި ޢުމްރާއަކީ ސަޢޫދީ ޢަރަބިއްޔާގެ ކުދި އަދި މެދުފަންތީގެ އަމިއްލަ ވިޔަފާރިތަކާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމެކެވެ. އެގޮތުން ސަޢޫދީ ޢަރަބިއްޔާގެ ޗެމްބާ އޮފް ކޮމާސްއިން ބުނެފައިވާ ގޮތުން އަމިއްލަ ވިޔަފާރިތަކުގެ 25% އާއި 30%އާ ދެމެދުގެ ވިޔަފާރިއަކީ ޙައްޖާއި ޢުމްރާގެ ވަށައިގެން ބިނާވެފައިވާ ވިޔަފާރިއެވެ. 

އިސްލާމީ ތާރީޚުގައި ހަމަނުޖެހުންތަކާއި ބަލިމަޑުކަމުގެ ސަބަބުން 40 ފަހަރެއްގެ މަތިން ޙައްޖު މޫސުމުގައި ޙައްޖުގެ ބޮޑު ޖަމާޢަތް ނުބާއްވައި ލަސްކުރިއެވެ. ނަމަވެސް 1932 ވަނަ އަހަރު މިޒަމާނުގެ ސަޢޫދީ ދައުލަތް އުފެދުނު ފަހުން ހައްޖު މޫސުމެއް މިގޮތަށް ލަސްކޮށްފައިނުވެއެވެ. 

ކިޔުންތެރިންގެ ހިޔާލު