Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ވިޔަފާރި

އެމިރޭޓްސް އެއާލައިނުން މުވައްޒަފުން މަދުކުރަން ފަށައިފި

ޑުބާއީގެ ވައިގެދަތުރުފަތުރު ކުންފުނި އެމިރޭޓްސްއިން އެކުންފުނީގެ މުވައްޒަފުން ވަޒީފާއިން ވަކިކުރަން ފަށާނެ ކަން އިޢުލާނުކޮށްފިއެވެ.
ޑުބާއީ ސަރުކާރުގެ އެއާލައިނުން އާދީއްތަ ދުވަހު ބުނެފައިވަނީ އެކުންފުނީގެ ވިޔަފާރި އޮޕަރޭޝަންސް ހިންގާ ގޮތް މުރާޖައާކުރުމުން މުވައްޒަފުން މަދުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަން ސާފުވެފައިވާ ކަމުގައެވެ. އެކުންފުނީގެ ބަޔާނުގައި ބުނެފައިވަނީ އެކުންފުންޏާއެކީ މަސައްކަތްކޮށްފައިވާ ބައެއް މީހުންނަށް އަލްވަދާޢުކިޔަން ޖެހިފައިވާ ކަމަށެވެ. އަދި ބުރަ އުދަގޫ ނިންމުންތަކެއް ނިންމަން ޖެހުނު ނަމަވެސް މީހުންނާމެދު އިހުތިރާމާއި ޢަދުލުވެރިކަމާއެކު ކަންކުރާނެ ކަމުގައިވެސް އެކުންފުނިން ބުނެފައިވެއެވެ.
ޕްރޮބޭޝަނުގެ މުއްދަތުގައި ތިބި މުވައްޒަފުންނަށް އާދީއްތަ ދުވަހު ކުންފުނިން ފޮނުވި ސިޓީއެއްގައި އެމުވައްޒަފުންގެ ވަޒީފާގެ އެއްބަސްވުންތައް ޖޫން މަސް ތެރޭ ނިމުމަކަށް ގެނެވޭނެކަން ކުންފުނިން އަންގާފައިވެއެވެ.
އެމިރޭޓްސް ކުންފުނީގެ ވަޒީފާގައި 60،000 ހެއްހައި މީހުން އުޅެއެވެ. އެކުންފުނިން ވަޒީފާއިން ވަކިކުރަނީ ކިހާ ޢަދަދެއްގެ މުވައްޒަފުންނެއް ކަން ކުންފުނީގެ ބަޔާނުގައި ބުނެފައިނުވެއެވެ. އެގުރޫޕުގެ ގުރައުންޑު ކަންކަން ބަލަހައްޓާ ބައި ކަމުގައިވާ ޑީނަޓާއިން ގިނަ ޢަދަދެއްގެ މުވައްޒަފުން ވަކިކުރަން ފަށާފައިވެއެވެ.
މާޗު މަހުގެ ތެރޭގައި އެކުންފުނީގެ ގިނަ ދަތުރުފަތުރުތައް މެދުކަނޑައިލުމަށްފަހު މިހާރު އަލުން މަދު ޢަދަދެއްގެ ތާވަލު ފަސިންޖަރު ދަތުރުތައް ކުންފުނިން ފަށާފައިވެއެވެ.
ޑުބާއީގެ ތަނަވަސްކަމާއި ފުދުންތެރިކަމަށް އެމިރޭޓްސްއަކީ މުހިއްމު ކުންފުންޏެކެވެ. ތެލުގެ މުއްސަނދިކަން ލިބިފައިވާ ފަތުރުވެރިކަމުގެ މަރުކަޒެއް ކަމުގައިވާ ޑުބާއީގެ އިޤުތިޞާދަށް އެތެރޭގެ ފުރަބަންދާއި ދުނިޔޭގެ ދަތުރުފަތުރަށް އައި ހުއްޓުމުގެ ނޭދެވޭ އަސަރުކޮށްފައިވެއެވެ.
އެމިރޭޓްސްގެ ރައީސް ޓިމް ކްލާކް ވިދާޅުވެފައިވަނީ 2020 ވަނަ އަހަރުގެ ހޫނު މޫސުމުގައި އަލުން އެކުންފުނީގެ ދަތުރުތައް ފެށުމަށް އުންމީދުކުރައްވާ ކަމުގައެވެ. އެގޮތުން އެކުންފުނީގެ އޭ-380 މަރުކާރުގެ ބޮޑެތި ޖަމްބޯޖެޓުތަކުގެ ދަތުރުތައްވެސް ފެށީގެން ދާނެ ކަމަށް އުންމީދުކުރައްވާ ކަމުގައެވެ. ނަމަވެސް އެކުންފުނީގެ އަންދާޒާތަކަށް ބަލާއިރު ވައިގެ ދަތުރުފަތުރު އަލުން ކުރީގެ މިންވަރަށް އިޢާދަވުމަށް ދެއަހަރު ނަގާނެކަމަށްވެސް އެކުންފުނިން ބުނެފައިެވއެވެ.
އިރުމައްޗާއި ހުޅަނގު ގުޅުވައިދޭ އެއާލައިންތަކުގެ ގޮތުގައި މަޝްހޫރުވެފައިވާ ސަރަހައްދީ ވާދަވެރި ކުންފުނިތައް ކަމުގައިވާ އިއްތިހާދާއި ޤަޠަރު އެއާލައިނަށްވެސް ކޮރޯނާ ވައިރަސްގެ ނޭދެވޭ އަސަރުކޮށްފައިވެއެވެ. ޤަޠަރު އެއާލައިނުގެ މުވައްޒަފުންގެ 20% ވަޒީފާއިން ވަކިކުރަން އެކުންފުނިން ނިންމާފައިވެއެވެ.
މި ލިއުމާއި ގުޅޭ