Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ވިޔަފާރި

ފާއިތުވި މަހު ކުއްޔާއި، ކަރަންޓާއި، ފެނުގެ އަގު ދަށަށް ދިޔަ

ފާއިތުވި މަހު ކުލީގެ އަގު ދަށަށް ދިޔަ ކަމުގައި ތަފާސްހިސާބުތަކާ ބެހޭ ޤައުމީ އިދާރާއިން، ޝާއިޢުކުރާ ކޮންޒިއުމާ ޕްރައިސް އިންޑެކްސްއިން ދައްކައިފިއެވެ.
ތަފާސް ހިސާބުތަކާ ބެހޭ ޤައުމީ އިދާރާއިން ޝާއިޢުކުރި އޭޕްރީލް މަހުގެ ކޮންޒިއުމާ ޕްރައިސް އިންޑެކްސުން ފެންނަ ގޮތުގައި ފާއިތުވި އޭޕްރީލް މަހުގައި ކުލީގެ އަގު ދަށަށް ގޮސްފައިވެއެވެ. އެހިސާބުތައް ބުނާ ގޮތުން ކުލީގެ އަގު 5.01 އިންސައްތަ ދަށަށް ގޮސްފައިވެއެވެ.
ފާއިތުވި މަހު އެންމެ ބޮޑަށް އަގު ދަށަށް ގޮސްފައިވަނީ ކަރަންޓާއި ފެނުންނެވެ. އެއީ ކޮވިޑް-19އާ ގުޅިގެން ކުރިމަތިވެފައިވާ އިޤުތިޞާދީ ދަތިކަމުގައި މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ސަރުކާރުން ފެނާއި ކަރަންޓުގެ އަގު ސަބްސިޑައިސްކޮށްދީ އެހީތެރިކަން ފޯރުކޮށްދީފައިވާތީއެވެ. ކަރަންޓުގެ ޚިދުމަތުގެ އަގު ފާއިތުވި މަހުގައި 40% އަގު ހެޔޮވެފައިވެއެވެ. އަދި ފެނުގެ ޚިދުމަތުން 30% އަގު ހެޔޮވެފައިވާ ކަމުގައި ތަފާސްހިސާބުތަކުން ދައްކައެވެ.
އަދި މޯބައިލް މުވާސަލާތީ ޚިދުމަތްތަކުގެ އަގުވެސް ފާއިތުވި މަހުގައި ދަށަށް ގޮސްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. އެގޮތުން ފާއިތުވި މަހުގައި މޯބައިލްގެ މުވާސަލާތީ ޚިދުމަތްތަކުން 4.76 % ދަށަށް ދިޔަ ކަމަށް ހިސާބުތަކުން ދައްކައެވެ. އަދި އިންޓަނެޓުގެ ޚިދުމަތުގެ އަގު 1.7% ދަށަށް ދިޔަ ކަމަށް ތަފާސް ހިސާބުތަކުން ފެނެއެވެ.
އޭގެ އިތުރަށް ފާއިތުވި މަހުގައި އަގު އުފުލުން ތަކެތީގެ ތެރޭގައި އެހެނިހެން ތަރުކާރީގެ ބާވަތްތަކާއި، މަހާއި، ދުފުމާއި މޭވާ ހިމެނެއެވެ.
މި ލިއުމާއި ގުޅޭ