Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ވިޔަފާރި

މީރާ މެދުވެރިކޮށް މިއަހަރު ލިބޭނެ އާމްދަނީ 48 އިންސައްތަށް ދަށްވާނެ

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ މެދުވެރިކޮށް މިއަހަރު ދައުލަތަށް ލިބޭނެ ކަމަށް ކުރިން ލަފާކުރެވުނު އާމްދަނީ އިން 48 އިންސައްތަ ދަށްވާނެ ކަމަށް މީރާ އިން ހާމަކޮށްފިއެވެ.
މިގޮތުން މިއަދު ބޭއްވި ނޫސް ކޮންފަރެންސެއްގައި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުހުﷲ ޖަމީލު ވިދާޅުވީ މިއަހަރު ދައުލަތަށް މީރާ މެދުވެރިކޮށް ލިބޭނީ 8.95 ބިލިއަން ރުފިޔާ ކަމަށެވެ. މިއީ މިއަހަރު ލިބޭނެ ކަމަށް ލަފާކުރި 17.2 ބިލިއަން ރުފިޔާ 52 އިންސައްތައެވެ.
ނޫސް ކޮންފަރެންސުގައި ވާހަކަ ދައްކަވަމުން ފަތުހުﷲ ވިދާޅުވީ ދައުލަތަށް 75 އިންސައްތަ އާމްދަނީ އެއް ލިބެނީ މީރާ މެދުވެރިކޮށް ކަމަށާއި ފާއިތުވި 3 އަހަރުވެސް އާމްދަނީ އެއްވަރެއްގައި ހިފެހެއްޓިފައި ހުރި ކަމަށެވެ. އަދި މިއަހަރުގެ ބަޖެޓު ހެދިއިރު ފަތުރުވެރިކަމުން ރަނގަޅު އާމްދަނީ އެއް ލިބޭނެ ކަމަށް ލަފާކޮށް 17.2 ބިލިއަން ރުފިޔާ މީރާ މެދުވެރިކޮށް ބަލައި ގަންނާނެ ކަމަށް ލަފާކުރެވިފައިވާ ކަމަށް ފަތުހުﷲ ވިދާޅުވިއެވެ.
ނަމަވެސް ކޮވިޑު-19 އާއި ގުޅިގެން ފަތުރުވެރިކަން ހުއްޓުމަކަށް އައިސްފައިވާއިރު، މިއަހަރު ދެން ލިބޭނެ ކަމަށް އަންދާޒާ ކުރެވެނީ 8.95 ބިލިއަން ކަމަށް އޭނާ ވިދާޅުވިއެވެ.
މިއަހަރުގެ ޖެނުއަރީ މަހު 1.8 ބިލިއަން ރުފިޔާ މީރާ އިން ބަލައިގަތް އިރު، އޭޕްރިލް މަހު ބަލައިގަތީ 527 މިލިއަން ރުފިޔާއެވެ. އަދި މި މަހުގެ 17 ވަނަ ދުވަހާއި ހަމައަށް ލިބުނު އާމދަނީ އަކީ 109 މިލިއަން ރުފިޔާއެވެ.
މި ލިއުމާއި ގުޅޭ