ޓްރިވެންޑުރަމުން ކާގޯއާއެކު މޯލްޑިވިއަންގެ މަތިންބޯޓެއް އައިސްފި

ޙުސައިން އަފްޝަން 22 އޭޕްރީލު 2020 13:43
Flowers

ޓްރެވެންޑްރަމް ބައިނަލްއަޤުވާމީ ވައިގެ ބަނދަރުން، މުދާ ބަރާކޮށްގެން މޯލްޑިވިއަންގެ މަތިންދާ ބޯޓެއް ރާއްޖެއަށް އައިސްފިއެވެ. 

ޓްރިވެންޑްރަމުން މުދާ ހިފައިގެން މޯލްޑިވިއަންގެ ބޯޓެއް އައިސްފައިވާ ކަން އެކުންފުނިން ހާމަކޮށްފައިވަނީ އެކުންފުނީގެ ރަސްމީ ޓުވިޓަރ އެކައުންޓުން ކުރި ޓުވީީޓެއްގައެވެ. އެފުލައިޓުގައި ގެނެސްފައިވަނީ ކޮން ބާވަތެއްގެ މުދަލެއްކަން މޯލްޑިވިއަނުން ހާމަކޮށްފައިނުވެއެވެ. 

އިއްޔެގެ ވަގުތެއްގައި މޯލްޑިވިއަންގެ މަތިންދާ ބޯޓެއްވަނީ ކޮޅަނބުން 8 ޓަނުގެ މުދަލާއެކު ރާއްޖެއަށް އައިސްފައެވެ. މޯލްޑިވިއަންގެ ފުލައިޓުތައް މެދުވެރިކޮށް ރާއްޖެއަށް ބޭނުންވާ މުހިއްމު މުދާ ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުން އެބަދެއެވެ. 

ޓްރިވެންޑުރަމުން އައި ބޯޓުގައި 11 ޓަނުގެ މުދާ ގެނެސްފައިވާ ކަމުގައިވެސް މޯލްޑިވިއަނުން ބުނެފައިވެއެވެ. 

މޯލްޑިވިއަނުން މިއަދު ހާމަކުރި ގޮތުގައި މިރޭގެ ވަގުތެއްގައި ޗެންނާއިންވެސް އިތުރު މުދަލާއެކު މޯލްޑިވިއަންގެ މަތިންދާ ބޯޓެއް ރާއްޖެ އައުމަށް ތާވަލުކުރެވިފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު