Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ވިޔަފާރި

ގްރީން ޓެކްސްގެ ގޮތުގައި ލިބުނު މިންވަރު މަދުވެއްޖެ

މިއަހަރުގެ ފެބްުރުއަރީ މަހު ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ ޖެނުއަރީ މަހާ އަޅާ ބަލާއިރު މަދުވެއްޖެއެވެ.
މިގޮތުން ފެބްރުއަރީ މަހު ގްރީން ޓެކްސްގެ ގޮތުގައި ލިބިފައިވަނީ 77،023،981.14 ރުފިޔާއެވެ. ޖެނުއަރީ މަހު ގްރީން ޓެކްސްގެ ގޮތުގައި ލިބިފައިވަނީ 84،925،842.05 ރުފިޔާއެވެ. އެހެން ކަމުން މިއީ 7.9 މިލިއަން ރުފިޔާގެ މަދުވުމެކެވެ.
ގްރީން ޓެކްސް އަކީ ރާއްޖޭގައި ފަތުރުވެރިން ހޭދަ ކުރާ ކޮންމެ ދުވަހަކަށް ކޮންމެ ފަތުރުވެރިއެއްގެ ބޮލަށް 6 ޑޮލަރުގެ މަގުން ނަގާ ޓެކްސްއެކެވެ. ފެބްރުއަރީ މަސްތެރޭ ކޮވިޑު-19 އާއި ގުޅިގެން ސަރުކާރުން ވަނީ ޗައިނާ އިން އަންނަ ފްލައިޓުތައް އެއްކޮށް ރާއްޖެއަށް އައުން މަނާކޮށްފައެވެ. އެކަމާއި ގުޅިގެން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރި މިންވަރު ވަނީ ދަށްވެފައެވެ. ގްރީން ޓެކްސް އިން މަދުވެފައިވަނީ މިހެންވެ ކަމަށް ބެލެވެއެެވެ.
ފެބްރުއަރީ މަހުވެސް އެންމެ ގިނައިން ގްރީން ޓެކްސް ދައްކާފައިވަނީ ރިސޯޓުތަކުންނެވެ. މިގޮތުން ރިސޯޓުތަކުން 70،797،120 ރުފިޔާ ދައްކާފައިވާއިރު ދެން އެންމެ ގިނައިން ޓެކްސް ދައްކާފައިވާ ހޮޓެލް ތަކުން ދައްކާފައިވަނީ 2،549،700.72 ރުފިޔާއެވެ. އަދި ސަފާރީ ތަކާއި ޔޮޓުތަކުން 2،217،606 ރުފިޔާ ދައްކާފައިވާއިރު ގެސްޓު ހައުސްތަކުން ދައްކާފައިވަނީ 1،459،554.42 ރުފިޔާއެވެ.
ފެބްރުއަރީ މަހުގެ ނިޔަލަށް ގްރީން ފަންޑަށް މުޅި އެކު ލިބިފައިވަނީ 918،274،353،39 ރުފިޔާޢެވެ. މި ފައިސާ ހަރަދު ކުރަނީ ތަރައްޤީގެ އެކިއެކި މަޝްރޫއުތަކަށެވެ.
މި ލިއުމާއި ގުޅޭ