Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ވިޔަފާރި

ސަރުކާރުގެ އިކޮނޮމިކް ޕެކޭޖުގެ ތަފްސީލު ހާމަކޮށްފި

ކޮވިޑު-19 އާއި ގުޅިގެން ދިވެހިރާއްޖޭގެ ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަތުމުން ސަލާމަތްވުމަށް ސަރުކާރުން އިއުލާންކޮށްފައިވާ އިކޮނޮމިކް ރިލީގް ޕެކޭޖުގެ ތަފްސީލު ހާމަކޮށްފިއެވެ.
މި ޕެކޭޖުގެ ދަށުން ސަރުކާރުން ކުރަން ނިންމާފައިވަނީ ޖުމްލަ 7 ކަމެކެވެ.އެއީ
1. އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް ވާކިން ކެޕިޓަލް ލޯނު އަދި އަމިއްލަ މަސައްކަތް ކުރާ ފަރުދުންނަށް ލޯނު ދޫކުރުން
2. އޭޕްރިލް އަދި މޭއި ގެ ކަރަންޓު ބިލުގެ 40 އިންސައްތަ ސަރުކާރުން ދައްކައިދިނުން
3. އޭޕްރިލް އަދި މޭއި މަހުގެ ފެން ބިލުން 30 އިންސައްތަ ސަރުކާރުން ދައްކައިދިނުން
4. ބީއެމްއެލް އިން އަދި ހައުސިން ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން އިން ނަގާފައި ހުރި ދަރަނީގެ ޕްރިންސިޕަލް އަދި އިންޓަރެސް ޕޭމަންޓުތައް 6 މަސް ދުވަހަށް ލަސްކޮށްދިނުން
5. އެސްއެމްއީ ޑިވެލޮޕެމެންޓް ފައިނޭންސް ކޯޕަރޭޝަން އިން މިހާތަނަށް ދޫކޮށްފައި ހުރި ލޯނުތަކުގެ ދަރަނީޣެ ޕްރިންސިޕަލް އަދި އިންޓަރެސްޓު ޕޭމެންޓުތައް މާޗު 2020 އިން ފެށިގެން 6 މަހަށް ލަސްކޮށްދިނުމުގެ އިތުރުން މި މުއްދަތުގެ ތެރޭގައި ހުރިހާ ލޯންތަކެއްގެ އިންޓަރެސްޓް ރޭޓް 4 އިންސައްތަ އަށް ކުޑަކޮށްދިނުން
6. ނޭޝަނަލް ސްޓޫޑަންޓް ލޯން ސްކީމްގެ ދަށުން ދޫކޮށްފައިވާ ލޯންތައް އަނބުރާ ދެއްކުން މާޗު މަހުން ފެށިގެން 6 މަހަށް ލަސްކޮށްދިނުން
7. ކޮވިޑު-19 އާއި ގުޅިގެން ވަޒީފާ ގެއްލޭ ފަރާތްތަކަށް 3 މަސްދުވަސް ވަންދެން ސަރުކާރުން އެލަވެންސެއް ދިނުން
ސަރުކާރުގެ މި ޕެކޭޖުގެ ޖުމްލަ އަގަކީ 2.5 ބިލިއަން ރުފިޔާއެވެ. މީގެ ތެރެއިން ލޯނުގެ ގޮތުގައ ދިނުމަށް ހަމަޖެހިފައިވަނީ 1.5 ބިލިއަން ރުފިޔާއެވެ. ކޮވިޑު-19 އާއި ގުޅިގެން މިއަހަރު ދައުލަތުގެ އާމްދަނީ 12 ބިލިއަން ރުފިޔާ އުނިވާނެކަމަށް ވަނީ ލަފާކުރެވިފައެވެ. އަދި އެކަން ފޫބައްދަން ބޭރުގެ އެހީ އަދި ލޯނު ހޯދުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.
ސަރުކާރުގެ ރިކަވަރީ ޕެކޭޖު އާންމުކޮށްފައިވާއިރު އެ ޕެކޭޖުގެ ސަބަބުން އިޤްތިސާދު ހީނަރުވުން ނުހުއްޓޭނެ ކަމަށް ބައިނަލްއަޤްވާމީ ކްރެޑިޓް ރޭޓިން އޭޖެންސީ އެއްކަމަށްވާ މޫޑީސް އިންވަނީ ހާމަކޮށްފައެވެ. ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ މިއީ އިޤްތިސާދީ ހީނަރުކަމެއް ނޫން ކަމަށާއި މީހުން އަތުގައި ފައިސާވެސް އެބަހުރިކަމަށާއި އަދި އިޤްތިސާދު ކުރިއަރައިގެންދާނެކަމަށް ވިދާޅުވެފައެވެ.
މި ލިއުމާއި ގުޅޭ