Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ވިޔަފާރި

ވެލާ ޕްރައިވެޓް އައިލެންޑުން މުވައްޒަފުންނަށް އޯގާތެރިވުމުގެ ނަމޫނާއެއް

ވެލާ ޕްރައިވެޓު އައިލެންޑަކީ ސާރވިސް ޗާޖުގެ ގޮތުގައި އެންމެ ގިނަ ޢަދަދެއްގެ ފައިސާ މުވައްޒަފުންނަށް ދެމުން އަންނަ އެއް ރިސޯޓެވެ. ކޮވިޑް-19ގެ ސަބަބުން ކުރިމަތިވެފައިވާ އިޤުތިޞާދީ ދަތިކަމާއި ފަތުރުވެރިކަމަށް އައިސްފައިވާ ހީނަރުކަމުގެ ތެރޭގައިވެސް ވެލާ ރިސޯޓުން ދައްކުވައިދީފައިވަނީ ލާމަސީލު ނަމޫނާއެކެވެ.
އެރިސޯޓުގައި މިވަގުތު ތިބި ގިނަ މުވައްޒަފުންނަށާއި އަދި ރިސޯޓުން ބޭރުގައި ތިބި މުވައްޒަފުންނަށްވެސް ރަނގަޅު ގޮތްތަކެއް އެރިސޯޓުގެ މެނޭޖުމެންޓުން ހަމަޖައްސައިދީފައިވެއެވެ.
އެގޮތުން މިވަގުތު ވެލާ ރިސޯޓުގައި ތިބި އަދި ރަށުގެ އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމުގައި ހަރަކާތްތެރިވާ ހުރިހާ މުވައްޒަފުންނަށް ހަމަޖައްސައިދީފައިވާ ގޮތާއި އެރިސޯޓުން ބޭރުގައި ޗުއްޓީގައި ތިބި މުވައްޒަފުންނަށް ހަމަޖައްސައިދީފައިވާ ގޮތް އަންގާފައިވާ ލިޔުން މިހާރު މީސްމީޑިޔާގައި ދައުރުކުރަމުންދެއެވެ. އެގޮތުން މިވަގުތު ރިސޯޓުގައި ތިބި މުވައްޒަފުންގެ ތެރެއިން 1000 ޑޮލަރަށްވުރެ ކުޑަ މުސާރައެއް ލިބޭ ހުރިހާ ފަރާތްތަކަށް މުސާރައިގެ އިތުރަށް 500 ޑޮލަރުގެ ސާވިސް ޗާޖެއް ދިނުމަށް ރިސޯޓުން ނިންމާފައިވެއެވެ. އަދި 1،000 ޑޮލަރަށް ވުރެ ބޮޑު މުސާރައެއް ލިބޭ ފަރާތްތަކަށް ސާވިސް ޗާޖުގެ ގޮތުގައި ދިނުމަށް ނިންމާފައިވަނީ 300 ޑޮލަރެވެ. އެއީ 1،000 ޑޮލަރާއި 2،000 ޑޮލަރާ ދެމެދުގެ މުސާރައެއް ލިބޭ ފަރާތްތަކެވެ.
އަދި މިވަގުތު ވެލާ އައިލެންޑުން ބޭރުގައި ތިބި ސީދާ އެ ރިސޯޓުގެ މުވައްޒަފުންނަށްވެސް އެމުވައްޒަފުންގެ ބޭސިކް ސެލަރީ ނުވަތަ މުސާރަ އުނިކުރުމެއް ނެތި ދިނުމަށް ރިސޯޓުން ނިންމާފައިވެއެވެ. ހަމައެހެންމެ، އެފަރާތްތަކުގެ ތެރެއިން 600 ޑޮލަރަށްވުރެ ކުޑަ މުސާރައެއް ލިބޭ ފަރާތްތަކަށް މުސާރައިގެ އިތުރުން 200 ޑޮލަރުގެ އެލަވެންސެއް ދިނުމަށްވެސް ނިންމާފައިވެއެވެ. އަދި 600 ޑޮލަރާއި 1،000 ޑޮލަރާ ދެމެދުގެ މުސާރަ ލިބޭ ފަރާތްތަކަށް 100 ޑޮލަރުގެ އެލަވެންސެއް މުސާރައިގެ އިތުރަށް ރިސޯޓުން ދޭނެއެވެ. އަދި ގިނަ ދުވަހު ރިސޯޓަށް ޚިދުމަތްކުރި ފަރާތްތަކަށް ޝަރުޠު ފުރިހަމަވާނަމަ، އިތުރު 100 ޑޮލަރު އެލަވެންސްގެ ގޮތުގައި ލިބޭނެއެވެ.
ހަމައެހެންމެ އެރިސޯޓުގެ ދާއިމީ މުވައްޒަފުންގެ ބޭރުން ރިސޯޓާއި ހެދިފައިވާ އެއްބަސްވުންތަކުގެ ދަށުން ރިސޯޓަށް މަސައްކަތްކޮށްދޭ ފަރާތްތަކަށްވެސް އެރިސޯޓުން ޔަޤީންކަމެއް ދީފައިވެއެވެ. އެގޮތުން ކޮންޓްރެކްޓުތަކުގައިވާ ގޮތުގެ މަތިން އެފަރާތްތަކަށް ލިބެންޖެހޭ ޕޭމެންޓުތައް ފޯރުކޮށްދެމުންދާނެ ކަމުގައިވެސް އެރިސޯޓުން ބުނެފައިވެއެވެ.
ކޮވިޑް-19 އާ ގުޅިގެން ދުނިޔޭގެ ދަތުރު ފަތުރު ވަރަށް ބޮޑަށް ހީނަރުވެފައިވާ ދަނޑިވަޅެއްގައި އަދި ދިވެހިރާއްޖެއިން ފަތުރުވެރިންނަށް ވިސާދޫކުރުން ހުއްޓާފައިވާ މިދަނޑިވަޅުގައި ރިސޯޓުތަކުން މުވައްޒަފުންގެ މުސާރަ އުނިކުރާ ކަމުގެ ޝަކުވާ ގިނަ މުވައްޒަފުންތަކެއް ދަނީ ކުރަމުންނެވެ.
މި ލިއުމާއި ގުޅޭ