Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ވިޔަފާރި

ރިޒާވްގެ ގޮތުގައި ބޭންކުތަކުން ބަހައްޓަންޖެހޭ މިންވަރު ދަށްކޮށްފި

ރިޒާވްގެ ގޮތުގައި ރާއްޖޭގައި ހިންގާ ބޭންކުތަކުން މަރުކަޒީ ބޭންކު އެމްއެމްއޭގައި ބަހައްޓަން ޖެހޭ މިންވަރު 5 އިންސައްތައަށް ދަށްކޮށްފިއެވެ.
މިކަން ހާމަކޮށްފައިވަނީ މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމްއެވެ. އަލީ ހާޝިމް ވިދާޅުވީ އެކަމުގެ ބޭނުމަކީ ބޭންކުތަކުން ވިޔަފާރިތަކާއި އާންމުންނަށް ދޫކުރެވެން ހުންނަ ފައިސާގެ މިންވަރު އިތުރުކުރުމަށެވެ.
އެންމެ ފަހުން ދިވެހިރާއްޖޭގައި މިނިމަމް ރިޒާވް ދަށްކޮށްފައިވަނީ 2015 ވަނަ އަހަރު ރައީސް ޔާމީންގެ ވެރިކަމުގައެވެ. އަދި އޭރު 20 އިންސައްތައިގަ ހުރި ރިޒާވް ރިކުއަރމެންޓު 10 އިންސައްތަ އަށްވަނީ ބަދަލުކޮށްފައެވެ.
ބޭންކުތަކުން ރިޒާވް ރިކުއަރމެންޓުގެ ގޮތުގައި ބަހައްޓާ ފައިސާއަކީ ބެންކުތަކުގައި ޑިޕޮސިޓުގެ ގޮތުގައި ހުންނަ ފައިސާގެ ޖުމްލަ އަދަދުން ކޮންމެވެސް އިންސައްތައަކެވެ. މިހާރު އެހެން ކަމުން ދެން ބަހައްޓަން ޖެހޭނީ ޖުމްލަ ޑިޕޮސިޓުގެ 5 އިންސައްތައެވެ.
މަރުކަޒީ ބޭންކުން މި ފިޔަވަޅު އަޅާފައިވަނީ ކޮވިޑު-19 އާއި ގުޅިގެން ގައުމަށް ދިމާވެފައިވާ އިޤްތިސާދީ ގޮންޖެހުންތަކުން ސަލާމަތްވުމަށެވެ.
މި ލިއުމާއި ގުޅޭ