އެސްޓީއޯއިން ޑީސަލުގެ އަގު ހެޔޮކޮށްފި

ޙުސައިން އަފްޝަން 13 ފެބްރުއަރީ 2020 11:45
Flowers

ސަރުކާރުގެ މައި ވިޔަފާރި ކުންފުނި އެސްޓީއޯއިން އެކުންފުނިން ވިއްކާ ޑީސަލުގެ އަގު ހެޔޮކުރަން ނިންމައިފިއެވެ.

އެސްޓީއޯއިން ބުނެފައިފަވަނީ މިއަދުން ފެށިގެން ކޮންމެ ޑީސަލް ލީޓަރަކުން 30 ލާރި އަގޔު ހެޔޮ ކުރަން އެކުންފުނިން ނިންމާފައިވާ ކަމުގައެވެ. އެހެންކަމުން މިއަދުން ފެށިގެން ޑީސަލް ލީޓަރެއް އެކުންފުނިން މިއަދުން ފެށިގެން ވިއްކާނެ އަގަކީ 10.89 ރުފިޔާއެވެ. 

އެސްޓީއޯއިން ޕެޓުރޯލު ވިއްކަމުންދާ އަގު ކަމުގައިވާ 10.13 ރުފިޔާއަށް އެއްވެސް ބަދަލެއް އެކުންފުނިން ގެނެސްފައިނުވާ ކަމުގައި އެކުންފުނިން ބުނެފައިވެއެވެ. 

ފާއިތުރި އަހަރުގައި އެސްޓީއޯއިން ތެޔޮ ވިއްކާ އަގު ތިން ފަހަރެއްގެ މަތިން ހެޔޮކޮށްފައިވާ ކަމުގައި އެކުންފުނިން ބުނެފައިވެއެވެ. މިދިޔަ އަހަރު ސަޢޫދީ ޢަރަބިއްޔާގެ ތެޔޮ މަރުކަޒަކަށް ދީފައިވާ ޙަމަލާއާއި މެދުއިރުމަތީގައި ނުތަނަވަސްކަން އިތުރުވުމުގެ ސަބަބުން ބައިނަލްއަޤުވާމީ ބާޒާރުގައި ތެލުގެ އަގަށް އައިސްފައިވާ ބަދަލާ ގުޅިގެން ރާއްޖޭގައި ތެޔޮ ވިއްކާ އަގު ބޮޑުވިޔަނުދީ ހިފަހެއްޓުމަށް އެސްޓީއޯއިން މަސައްކަތްކޮށްފައިވެއެވެ. 

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޙުސައިން ޢަމްރޫ މުޙައްމަދު ރަޝާދު ވިދާޅުވެފައިވަނީ، ތެލުގެ އަގު ބޮޑުނުވެ ހެޔޮ އަގުގައި ދިވެހި ބާޒާރުން ލިބެމުން ދިޔުމަކީ އެކުންފުނީގެ އަމާޒެއް ކަމުގައެވައެވެ. 

ކިޔުންތެރިންގެ ހިޔާލު