Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ވިޔަފާރި

ޑިސެމްބަރު މަހު އެންމެ ބޮޑު ސާވިސް ޗާޖެއް ދިނީ ރަންދެލި ރިސޯޓުން

ފާއިތުވި ޑިސެމްބަރު މަހު، އެންމެ ގިނައިން ސާވިސް ޗާޖު ދިން ރާއްޖޭގެ ރިސޯޓަކަށް ޝެވަލް ބްލާންކް ރަންދެލި އަރައިފިއެވެ.
މިގޮތުން އެ ރިސޯޓުގެ ކޮންމެ މުވައްޒަފަކަށްވެސް ސާވިސް ޗާޖުގެ ގޮތުގައި 1903 ޑޮލަރު ދީފައިވެއެވެ. އެއީ ދިވެހި ރުފިޔާ އިން ބަލާނަމަ 29،348 ރުފިޔާއެވެ. އަދި ނޮވެމްބަރު މަހާއި އަޅާ ބަލާއިރު 11677 ރުފިޔާ އިތުރު އަދަދެކެވެ.
ނޮވެމްބަރު މަހު އެންމެ ގިނައިން ސާވިސް ޗާޖު ދީފައިވަނީ ވެލާ ޕްރައިވެޓް އައިލޭންޑުންނެވެ. ނަމަވެސް ޑިސެމްބަރު މަހު ވެލާ ވަނީ ތިންވަނަ އަށް ވެއްޓިފައެވެ. މިގޮތުން ޑިސެމްބަރު މަހު ވެލާ އިން ދީފައިވަނީ 931.84 ޑޮލަރެވެ.
ޑިސެމްބަރު މަހު ދެވަނައަށް އެންމެ ގިނައިން ސާވިސް ޗާޖު ދީފައި ވަނީ ސެއިންޓް ރެޖިސް ވޯއްމުލި ރިސޯޓެވެ. އެ ރިސޯޓުން ވަނީ ސާވިސް ޗާޖުގެ ގޮތުގައި 948.67 ޑޮލަރު ދީފައެވެ.
ފާއިތުވި މަހަށް ބަލާއިރު، 10،000 ރުފިޔާއަށްވުރެ މަތިން 17 ރިސޯޓަކުން ސާވިސް ޗާޖުދިނެވެ. ރާއްޖޭގައި 147 ރިސޯޓު ހިންގާއިރު އެކަށީގެންވާ އަދަދެއް ސާވިސް ޗާޖުގެ ގޮތުގައި ދެނީ މަދު ރިސޯޓު ތަކަކުންނެވެ.
މި ލިއުމާއި ގުޅޭ