Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ވިޔަފާރި

ދައުލަތުގެ ރިޒާވް 604 މިލިއަން ޑޮލަރަށް ވެއްޓިއްޖެ

ފާއިތުވި ނޮވެމްބަރު މަސް ނިމުނު އިރު ދައުލަތުގެ ރަސްމީ ރިޒާވް 604 މިލިއަން ޑޮލަރަށް ވެއްޓިފައިވާކަމަށް މޯލްޑިވްސްމަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ހިސާބުތަކުން ދައްކައިފިއެވެ.
މިއަހަރުގެ އޮކްޓޯބަރު މަސް ނިމުނު އިރު ރިޒާވްގައި ހުރީ 607 މިލިއަން ޑޮލަރެވެ. ނަމަވެސް ނޮވެމްބަރު މަސް ނިމުނު އިރު އެ އަދަދު ވަނީ 604.7 މިލިއަން ޑޮލަރަށް ތިރިވެފައެވެ. މި އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ރިޒާވްގައި ހުންނަ ފައިސާ ދަނީ މަދުވަމުންކަން ފާހަގަކޮށްލެވެއެވެ.
މިގޮތުން މި އަހަރު ފެބްރުއަރީ މަސް ނިމުނު އިރު ރިޒާވްފައި 938.6 މިލިއަން ޑޮލަރު ހުރި އިރު، އޭގެ ފަހުން ކޮންމެ މަހެއްގައިވެސް ރިޒާވް ދިޔައީ މަދުވަމުންނެވެ.ރަސްމީ ރިޒާވް ދަށްވެފައި ވާއިރު، ދާދި ފަހުން ސަރުކާރުން ވަނީ އިންޑިއާ އާއި އެކު ކަރެންސީ ސެވެޕް އެގްރީމެންޓެއް ހަދާ 400 މިލިއަން ޑޮލަރު ހޯދާފައެވެ. އަދި އޭގެ ތެރެއިން 50 ވަރަކަށް މިލިއަން ޑޮލަރު ބޭނުން ކުރަން ވަނީ ނިންމާފައެވެ.
ރިޒާވްގައި ހުންނަ ޑޮލަރު ވަކި ވަރަކަށް ވުރެ ދަށްވެއްޖެނަމަ ދިވެހި ފައިސާގެ އަގު ވެއްޓޭނެއެވެ. މީގެ ކުރިން، ރައީސް ނަޝީދުގެ ވެރިކަމުގައި ރިޒާވްފައި ހުރި ފައިސާ ވަރަށް ބޮޑަށް މަދުވެ ދިވެހިރާއްޖެއަށް ޑޮލަރުގެ ތާށިކަން ކުރިމަތިވިއެވެ. އަދި ދިވެހި ފައިސާގެ އަގު ދަށްވެ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 20 ރުފިޔާއަށް އަރައިގެން ދިޔައެވެ.
މި ލިއުމާއި ގުޅޭ