Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ވިޔަފާރި

އެމެރިކާގައި މި އަހަރު އެންމެ ގިނައިން ގޫގުލް ސާޗު ކުރި މަންޒިލަކަށް ދިވެހިރާއްޖެ!

މި ހިނގާ 2019 ވަނަ އަހަރު އެމެރިކާގައި ގޫގޫލް އިން އެންމެ ގިނައިން ސާޗު ކުރި މަންޒިލަކަށް ދިވެހިރާއްޖެ ވެއްޖެއެވެ.
މިގޮތުން ގޫގުލް ގެ އަހަރީ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ޗުއްޓީ ހޭދަ ކުރުމަށް އެންމެ ގިނަ މީހުން ގޫގުލް އިން ހޯދަނީ ދިވެހިރާއްޖެއާއި ބެހޭ މައުލޫމާތެވެ.
މިގޮތުން މި ރިޕޯޓުގައި ވާގޮތުން، އެމެރިކާ މީހުން އެންމެ ބޮޑަށް ޗުއްޓީ ހޭދަ ކުރަން ބޭނުންވަނީ ދިވެހިރާއްޖޭގައެވެ. ދެން އެންމެ ގިނަ މީހުން ޗުއްޓީ ހޭދަ ކުރަން ބޭނުންވަނީ ޖަޕާން އަދި ބޯރާ ބޯރާގައެވެ. މީގެ އިތުރުން އެމެރިކާ މީހުންނަށް އެންމެ ބޮޑަށް އެ ޤައުމެއް އޮންނަ ތަން ނޭނގޭ ޤައުމަކީ ސްރީލަންކާއެވެ.
އެމެރިކާ ފަތުރުވެރިން ދިވެހިރާއްޖެއަށް އަންނަ މިންވަރު ވަނީ ފަހަކަށް އައިސް އިތުރުވެފައެވެ. ނަމަވެސް އަދިވެސް ރާއްޖޭގައި އެންމެ ގިނައީ ޗައިނާ، އިންޑިއާ އަދި ޔޫރަޕުގެ މާކެޓެވެ. އެމެރިކާގެ ފަތުރުވެރިން ރާއްޖެއަށް އަންނަ މިންވަރު ނިސްބަތުން މަދެވެ.
މި ލިއުމާއި ގުޅޭ