އޮކްޓޯބަރު މަހު ޓުއަރިސްޓު އޮކިއުޕެންސީ ރޭޓު ދަށްވެއްޖެ

އަހްމަދު އަޒާން
Flowers
ފަތުރުވެރިކަމާއި ބެހޭ ވަޒީރު އަލީ ވަހީދު.

ފާއިތުވި އޮކްޓޯބަރު މަހު ރާއްޖޭގެ ރިސޯޓުތަކާއި ފަތުރުވެރިންނަށް ހިދުމަތްދޭ ހޮޓެލް އަދި ގެސްޓު ހައުސް ތަކުގެ އޮކިއުޕެންސީ ރޭޓުދަށްވެއްޖެއެވެ. 

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނެރެފައިވާ ހިސާބުތަކުން ދައްކާގޮތުން މިއަހަރު އޮކްޓޯބަރު މަހުގެ އޮކިޕެންސީ ރޭޓު ހުރީ 56 އިންސައްތައިގައެވެ. މިދިޔަ އަހަރު ހަމަ އެ މުއްދަތުގައި އޮކިއުޕެންސީ ރޭޓު ހުރީ 62 އިންސައްތައިގައެވެ. އޮކިޕެންސީ ރޭޓު ދަށްވިނަމަވެސް މިއަހަރު ރާއްޖޭގައި ފަތުރުވެރިންނަށް ހިދުމަތްދޭ އެނދުގެ އަދަދު އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ. މިގޮތުން އެނދުތަކުގެ އަދަދު 16 އިންސައްތަ ވަނީ އިތުރުވެފައެވެ. 

އޮކްޓޯބަރު މަހުގެ އޮކިޕެންސީ ރޭޓް ދަށްވިނަމަވެސް މިއަހަރުގެ ޖެނުއަރީ އިން ފެށިގެން އޮކްޓޯބަރު މަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދުވަނީ 15 އިންސައްތަ އިތުރުވެފައެވެ. އަދި މި މުއްދަތުގައި އާމްދަނީގެ ގޮތުގައި 2.5 ބިލިއަން ޑޮލަރު ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި ބަލާއިރު 3 އިންސައްތައިގެ އިތުރުވުމެކެވެ. 

އޮކްޓޯބަރު މަހު އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިންނެވެ. މިގޮތުން ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ 15.6 އިންސައްތަ އަކީ ޗައިނާ ފަތުރުވެރިންނެވެ. ދެވަނަ އަށް އެންމެ ގިނައިން ޒިޔާރަތް ކުރީ އިންޑިއާ ފަތުރުވެރިންނެވެ. އެއީ ފަތުރުވެރިންގެ މުޅި ޖުމްލައިގެ 11 އިންސައްތައެވެ. ދެން ފަތުރުވެރިން އައި ޤައުމުތަކުގެ ތެރޭގައި ޖަރުމަން ވިލާތް، އިނގިރޭސި ވިލާތް، ރަޝިއާ އަދި އިޓަލީ ހިމެނެއެވެ. 

ކިޔުންތެރިންގެ ހިޔާލު