ގްރީން ޓެކްސްގެ ގޮތުގައި ލިބުނު ފައިސާ މަދުވެއްޖެ

އަހްމަދު އަޒާން 2 ޑިސެމްބަރު 2019 11:58
Flowers
މީރާގެ އޮފީސް

މިއަހަރުގެ އޮކްޓޯބަރު މަހު ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ ސެޕްޓެމްބަރު މަހާއި އަޅާ ބަލާއިރު މަދުވެއްޖެއެވެ.

މިގޮތުން ސެޕްޓެމްބަރު މަހު 74،339،477.77 މިލިއަން ރުފިޔާ ލިބިފައިވާއިރު، އޮކްޓޯބަރު މަހު ލިބިފައިވަނީ 53,028,904.70 ރުފިޔާއެވެ. މިއީ 21 މިލިއަން ރުފިޔާގެ މަދުވުމެކެވެ. 

ގްރީން ޓެކުހަކީ ރާއްޖޭގެ ރިސޯޓު، ހޮޓެލް، ގެސްޓް ހައުސް އަދި ސަފާރީތަކަށް އަންނަ ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ ކޮންމެ ދުވަހަކަށް ފަތުރުވެރިއެއްގެ އަތުން ނެގޭ ޓެކްސްއެކެވެ. އެންމެ ބޮޑު އަދަދަކަށް ގްރީން ޓެކްސް ދައްކާފައިވަނީ ރިސޯޓުތަކުންނެވެ. މިގޮތުން ރިސޯޓު ތަކުން 48،460،386.93 ރުފިޔާ ދައްކާފައިވެއެވެ. ހޮޓެލް ތަކުން 1،303،689.72 ރުފިޔާ ދައްކާފައިވާއިރު ގެސްޓު ހައުސްތަކުން 1،778،853.29 ރުފިޔާ ދައްކާފައިވެއެވެ.  

އެހެން މަސް ތަކެކޭ އެއްފަދައިން އޮކްޓޯބަރު މަހުވެސް އެންމެ ގިނައިން ޓެކްސް ދައްކާފައިވަނީ މާލެ އަތޮޅުންނެވެ. އެގޮތުން މާލެ އަތޮޅުގައި ހުރި ގެސްޓް ހައުސްތަކާއި ރިސޯޓުތަކުން ޖުމްލަ 19،102،003.46 ރުފިޔާ ވަނީ ޓެކްސްގެ ގޮތުގައި ދައްކާފައެވެ. އަދި އެންމެ މަދުން ޓެކްސް ދައްކާފައިވަނީ މ. އަތޮޅުންނެވެ. އެ އަތޮޅުން ދައްކާފައިވަނީ 1885.9 ރުފިޔާއެވެ. 

މިއަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް ގްރީން ފަންޑަށް ޖުމްލަ ލިބިފައިވަނީ 780،316،926.50 ރުފިޔާއެވެ. މި ފަންޑަށް ލިބޭ ފައިސާ އެކިއެކި މަޝްރޫއުތަކަށް ސަރުކާރުން ހަރަދުކުރެއެވެ. 

ކިޔުންތެރިންގެ ހިޔާލު