ކުރީ ސަރުކާރުން ތަރައްޤީކުރި މާފަރު އެއާޕޯޓު ހުޅުވައިފި

މަރިޔަމް ލީނާ 1 ޑިސެމްބަރު 2019 20:16
Flowers
މާފަރު އެއާޕޯޓު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމުގެ ވެރިކަމުގައި ތަރައްޤީކުރި މާފަރު އިންޓަނޭޝަނަލް އެއާޕޯޓު މިއަދު ހުޅުވައިފިއެވެ.

މި އެއާޕޯޓު ރަސްމީކޮށް ހުޅުވައި ދެއްވީ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމްއެވެ. މިއަދު ޤައުމީ އެއާލައިނުން ވަނީ އެ އެއާޕޯޓަށް ރަސްމީކޮށް ދަތުރުފަށާފައެވެ. މިގޮތުން މާލެއިން މާފަރަށް އެއްކޮޅު ދަތުރެއްގެ އަގަކީ 750 ރުފިޔާއެވެ. 

މ،ި އެއާޕޯޓު ތަރައްޤީ ކުރީ ސިންގަޕޫރު ކުންފުންޏެއް ކަމަށްވާ "ޓަފް އޮފް ޝޯ" އިންނެވެ. އަދި އެ މަޝްރޫއުއަށް ޚަރަދުކުރީ ޔޫއޭއީގެ އަބޫދާބީ ފަންޑުންނެވެ. މިއީ އެއާބަސް އޭ320 އަދި ބޮއިން 737 މަރުކާގެ މަތިންދާ ބޯޓު ޖެެއްސޭނެ 2200 މީޓަރުގެ ރަންވޭއަކާއި އެކު ތަރައްޤީކޮށްފައިވާ އެއާޕޯޓެކެވެ. 

މި އެއާޕޯޓާއި އެކު ޓްރާންސިޓް ހޮޓެލްއެއް އަދި ރިސޯޓެއްވެސް ތަރައްޤީކުރަން ވަނީ ހަމަޖެހިފައެވެ. އަދި އެ އެއާޕޯޓުގައި އެއްފަހަރާ 6 ޖެޓަށް ހިދުމަތް ދެވޭނެ ވަސީލަތްތައް ވެސް ވަނީ ޤާއިމް ކުރެވިފައެވެ. 

މި އެއާޕޯޓާއި އެކު ރާއްޖޭގައި މިހާރު 4 ބައިނަލްއަޤްވާމީ އެއާޕޯޓު އެބަހުއްޓެވެ. 

ކިޔުންތެރިންގެ ހިޔާލު