މާރުކޭޓު ގޮޅިތަކަށް އެދުމަށް ހުޅުވާލައިފި

ޙުސައިން އަފްޝަން 30 ނޮވެމްބަރު 2019 09:28
Flowers
ފޮޓޯ: އަވަސް

ދަތުރުވެރިންގެ މާރުކޭޓުން ގޮޅި ހޯދުމަށް އެދި ހުށަހެޅުމުގެ ފުރުޞަތު މާލެ ސިޓީ ކައުންސިލުން ހުޅުވާލައިފިއެވެ.

ޑިސެންބަރު މަހުގެ 1ވަނަ ދުވަހުން ފެށިގެން އެމަހުގެ 19ވަނަ ދުވަހާ ހަމައަށް ގޮޅިތަކަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމުގައި މާލޭ ސިޓީ ކައުންސިލުން އިޢުލާނުކުރި އިޢުލާނެއްގައި ބުނެފައިވެއެވެ.

މާލޭގެ ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިތަކަށް އެދުމަށް ބޭނުންވާ ފޯމު ލިބޭނީ މާލެ ސިޓީ ކައުންސިލުންނާއި އެކައުންސިލުގެ ވެބްސައިޓުންނެވެ.

މިދިޔަ އޯގަސްޓު މަހުގައި ދަތުރުވެރިންގެ މާރުކޭޓު ބަންދުކޮށް އެތަނުގައި ކުރަންޖެހިފައިހުރި ބައެއް ކަންކަން ކުރުމަށްޓަކައި ކަމުގައި ބުނެ ފާއިތުވި ހަތަރުމަސް އެތަން ބަންދުކޮށްފައި ހުރީއެވެ. ރައްޔިތުން މަޖިލިހުގެ ކޮމިޓީއަކަށް ކައުންސިލުގެ މެންބަރުން ހާޒިރުކޮށް ވަރަށް ބޮޑެތި ފާޑުކިޔުންތައް މިސަރުކާރަށް ނިސްބަތްވާ މަޖިލިސް މެންބަރުންގެ ފަރާތުން ކައުންސިލަށް ކުރިމަތިކޮށްފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު