ދައުލަތުގެ ބޭރުފައިސާގެ ރިޒާވް މަދުވެއްޖެ

އަހްމަދު އަޒާން 7 ނޮވެމްބަރު 2019 19:16
Flowers
އެމްއެމްއޭ ގެ އޮފީސް

ދިވެހި ދައުލަތުގެ ބޭރު ފައިސާގެ ރަސްމީ ރިޒާވް ސެޕްޓެމްބަރު މަސް ނިމުނު އިރު 530.8 މިލިއަން ޑޮލަރަށް ވެއްޓިފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. 

ދައުލަތުގެ ރަސްމީ ރިޒާވް ކަމަށް ބަލަނީ މަރުކަޒީ ބޭންކުގައި ޔޫއެސް ޑޮލަރުން ރިޒާވް ހުންނަ މިންވަރަށެވެ. އެމްއެމްއޭއިން އާންމު ކުރި ހިސާބުތަކުން ދައްކާގޮތުން އޯގަސްޓު 2019 އާއި އަޅާ ބަލާއިރު ރިޒާވް ވަނީ 13 އިންސައްތަ މަދުވެފައެވެ. މިގޮތުން އޯގަސްޓު މަސް ނިމުނު އިރު 612 މިލިއަން ޑޮލަރު ރިޒާވުގައި ހުރި އިރު އެ އަދަދު ސެޕްޓެމްބަރު މަހުގެ ނިޔަލަށް ވަނީ 520 މިލިއަން ޑޮލަރަށް ވެއްޓިފައެވެ. މި އަހަރުގެ މާޗު މަހުން ފެށިގެން ރިޒާވް ދަނީ މަދުވަމުންނެވެ. މީގެ އިތުރުން ސެޕްޓެމްބަރު 2018 އާއި ބަލާއިރު މިއީ 6 އިންސައްތައިގެ ދަށްވުމެކެވެ. 

ރަސްމީ ރިޒާވް ދަށްވެފައި ވާއިރު، މި އަހަރު ތެރޭ ސަރުކާރުން ވަނީ އިންޑިއާ އާއި އެކު ކަރެންސީ ސެވެޕް އެގްރީމެންޓެއް ހަދާ 400 މިލިއަން ޑޮލަރު ހޯދާފައެވެ. އަދި އޭގެ ތެރެއިން 50 ވަރަކަށް މިލިއަން ޑޮލަރު ބޭނުން ކުރަން ވަނީ ނިންމާފައެވެ.

މީގެ އިތުރުން މިއަހަރުގެ އިޤްތިސާދީ ދުވެލި 5.4 އިންސައްތައަށް ދަށްވާނެ ކަމަށް މަރުކަޒީ ބޭންކުގެ ޑެޕިއުޓީ ގަވަރުނަރު އައިޝަތު ޒާހިރާ ވަނީ ވިދާޅުވެފައެވެ. 

ކިޔުންތެރިންގެ ހިޔާލު