ފްލައިމީއިން އާ ބޯޓެއް ރާއްޖެ ގެނެސްފި

މަރިޔަމް ލީނާ
Flowers
ފްލައިމީގެ އާ މަތިންދާ ބޯޓަށް ވޯޓާ ސެލިއުޓެއް ދެނީ

ވިލާ އެއާގެ ދަށުން ހިންގާ ފްލައިމީ އިން އާ މަތިންދާ ބޯޓެއް މިއަދު ރާއްޖެ ގެނެސްފިއެވެ.

ފްލައިމީ އިން ގެނެސްފައިވަނީ އޭޓީއާރު 600-72 މަރުކާގެ މަތިންދާ ބޯޓެއްކެވެ. 72 މީހުންގެ ޖާގައިގެ މި ބޯޓަކީ ފްލައިމީ އިން ގެނައި މި މަރުކާގެ ތިންވަނަ ބޯޓެވެ. 

ވިލާއެއާގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ނާޝިދު މިއަދު ވިދާޅުވީ މި ބޯޓު އޮޕްރޭޝަންތަކުގައި ބޭނުންކުރަން ވަރަށް އަވަހަށް ފަށާނެކަމަށެވެ. އަދި އެ ބޯޓާއި އެކު ފްލައިމީ އޮޕަރޭޝަންސް ފުޅާ ވެގެންދާނެ ކަމަށެވެ. 

މީގެ އިތުރުން ނާޝިދު ވިދާޅުވީ ފްލައިމީއިން ވަރަށް އަވަހަށް އިފުރު އެއާޕޯޓަށް ދަތުރުތައް ފަށާނެ ކަމަށާއި އަދި މާފަރު އެއާޕޯޓަށްވެސް ފަށާނެކަމަށެވެ. 

ފްލައިމީ އިން މިހާތު ދަތުރު ކުރަމުންދަނީ އދ. މާމިގިލި، އަދި ބ.ދަރަވަންދޫއަށެވެ. 

ކިޔުންތެރިންގެ ހިޔާލު