ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ފަރަންސޭސި ޓީމެއް ރާއްޖެ އަތުވެއްޖެ

ޝިފްޒާން އަހްމަދު 7 ނޮވެމްބަރު 2019 11:03
Flowers

ރާއްޖޭގެ ފަތުރުވެރިކަމުގެ އަޖުމަބަލައި އިޝްތިހާރުކުރުމުގައި އެހީތެރިވުމަށް ފަރަންސޭސި ނޫސްވެރިންގެ ޓީމެއް ރާއްޖެ އަތުވެއްޖެއެވެ. މިޓީމު ރާއްޖެއަށް ގެނެސްފައިވަނީ އެމްއެމްޕީއާރުސީއިންނެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޮމްޕެނީ (އެމްއެމްޕީއާރުސީ)އިން ދިވެހިރާއްޖޭގެ ފަތުރުވެރިކަން ފަރަންސޭސިވިލާތުގައި އިޝްތިހާރުކުރުމަށް ގެނައި މިޓީމު ރާއްޖޭގައި ހަފުތާއަކަށް ހަރަކާތްތެރިވާނެއެވެ. މިހަފުތާ ތެރޭގައި ރާއްޖޭގެ ބައެއް ރިސޯޓުތަކުގައި ތިބެ އެތަންތަން މިޓީމުން ތަޖުރިބާކުރާނެއެވެ. ރާއްޖޭގެ ކަނޑު އަޑީގެ ރީތި މަންޒަރުތަކާއި، ރާއްޖޭގެ ސަޤާފަތާއި ރިސޯޓުތަކުގައި ލިބެންހުރި ބައެއް ޚިދުމަތްތައް އެފަރާތުން ތަޖުރިބާކުރެއެވެ.

މިޓީމުގައި ހިމެނެނީ ފަރަންސޭސި ނޫސްތަކާއި މަޖައްލާތަކަށް ލިޔާ ނަން މަޝްހޫރު ލިޔުންތެރިންނެވެ. އަދި މިލިޔުންތެރިން މިދަތުރުގައި ލިބޭ ތަޖުރިބާ ފަރަންސޭސި މީޑިޔާގެ މަޝްހޫރު ޕްލެޓްފޯރމްތަކުގައި ހިއްސާކުރާނެ ކަމުގައި އެމްއެމްޕީއާރުސީއާ ހަވާލާދީ ބައެއް ނޫސްތަކުން ބުނެފައިވެއެވެ.

ފަރަންސޭސިވިލާތަކީ ވިލާތުގެ ޤައުމުތަކުގެ ތެރެއިން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ އެއް ޤައުމެވެ. އެގޮތުން މިއަހަރުގެ ޖަނަވަރީން ސެޕްޓެންބަރު މަހާ ދެމެދު، 44،792 ފަތުރުވެރިން އެޤައުމުން ރާއްޖެ ޒިޔާރަތްކޮށްފައިވެއެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި އެޤައުމުން ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދާ އަޅާބަލާއިރު 21 އިންސައްތައިގެ ކުރިއެރުމެކެވެ. 

ކިޔުންތެރިންގެ ހިޔާލު