Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ވިޔަފާރި

ބޯޓިން އެވާޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މި އަހަރުގެ ބޯޓިން އެވާޑަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި އެވާޑަކީ ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ (އެންބީއޭއެމް) އިން ދޭ އެވާޑެކެވެ. އެންބީއޭއެމް އިން މައުލޫމާތު ދެއްވިގޮތުގައި 5 ނޮވެމްބަރުން ފެށިގެން މި އެވާޑަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. އަދި މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން www.boatingawards.mv އިން އޮންލައިކޮށް ކުރިމަތިލުމުގެ ފުރުސަތު އޮންނާނެއެވެ. މީގެ އިތުރުން ފޯމު ފުރުއްވުމަށްފަހު [email protected] އަށް ފޮނުއްުވުމުންވެސް ކުރިމަތިލެވޭނެއެވެ.
މި އެވާޑަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 15 ނޮވެމްބަރު 2019 ވަނަ ދުވަހުގެ 12:00 އެވެ. މި އެވާޑު ދޭނީ މިކަމަށް ކަނޑައަޅާފައިވާ ފަނޑިޔާރުންގެ ޕެނަލަކުން ދޭ 70 އިންސައްތަ މާކްސް އާއި، އޮންލައިން އަދި އެސްއެމްއެސް ވޯޓުން ލިބޭ 30 މާކްސްއަށް ބަލައިގެންނެވެ. މި އަހަރުގެ އެވާޑު 29 ކެޓެގަރީއަކުން ދިނުމަށް ހަމަޖެހިފައިވެއެވެ. މި އެވާޑު ދިނުމުގެ ގާލާ ނައިޓް އޮންނާނީ 19 ޑިސެމްބަރު ގަައި ދަރުބާރުގޭގައެވެ.
މޯލްޑިވްސް ބޯޓިން އެވާޑަށް ކުރިމަތިލެވޭނީ ބޯޓިން އެސޯސިއޭޝަނުގެ މެމްބަރުންނަށެވެ. މި އެވާޑަކީ ބޯޓިން ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ނޭޝަނަލް ބޯޓިން އެސޯސިއޭޝަނުން 2014 އަހަރުން ފެށިގެން ކޮންމެ އަހަރަކު އެއްފަހަރު ދެމުން އަންނަ އެވާޑެކެވެ.
މި ލިއުމާއި ގުޅޭ