Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ވިޔަފާރި

ދިރާގުގެ "ނައުއެމްވީ" މެދުވެރިކޮށް ޖަމިއްޔާތަކަށް އެހީވެވޭނެ

ދިރާގުން ތައާރަފްކޮށްފައިވާ ލައިފްސްޓައިލް މޯބައިލް އެޕެއްކަމަށްވާ "ނައުއެމްވީ" މެދުވެރިކޮށް ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކަށް އެހީވެވޭ ގޮތް ހަދައިފިއެވެ.
މި އެޕްލިކޭޝަން މެދުވެރިކޮށް ޖަމިއްޔާތަކަށް ފައިސާގެ އެހީ ދެވޭއިރު، ޖަމިއްޔާތަކުން ބާއްވާ ހާއްސަ ފަންޑްރެއިޒިން ހަރަކާތްތަކަށްވެސް "ނައުއެމްވީ" މެދުވެރިކޮށް ފައިސާގެ އެހީތެރިކަން ދެވޭނެއެވެ. މިވަގުތު "ނައުއެމްވީ" ގައި 4 ޖަމިއްޔާއެއް ވަނީ ލިސްޓުކޮށް، ހާއްސާ ފަންޑްރެއިޒަރތައް ވަނީ ހުޅުވާފައެވެ.
ދިރާގުން ހާމަކޮށްފައިވާ ގޮތުގައި މި ދަނޑިވަޅަކީ ޖަމިއްޔާތަކަށް އާންމުންގެ އެހީތެރިކަން އެންމެ ބޮޑަށް ބޭނުންވާ ވަގުތެވެ. އަދި އެހެން ކަމުން، ޖަމިއްޔާތަކަށް އެހީތެރިވާން އެފަދަ ޕްލެޓްފޯމެއް ޤާއިމް ކުރުމަކީ ލިބޭ އުފަލެއް ކަމަށް ދިރާގުން ބުނެފައިވެއެވެ.
ދިރާގު "ނައުއެމްވީ" މެދުވެރިކޮށް ޑޮނޭޓް ކުރެވޭނީ "ދިރާގުޕޭ" އިންނެވެ. "ނައުއެމްވީ" އަކީ ތަފާތު މުނިފޫހިފިލުވުމާއި ލައިފްސްޓައިލް ފީޗާތައް އެކުލެވޭ އެޕްލިކޭޝަނެކެވެ.
މި އެޕް ޑައުން ލޯޑު ކުރަން ބޭނުންވާ މީހުންނަށް https://bit.ly/2yA5Jb3 މެދުވެރިކޮށް ޕްލޭ ސްޓޯރުންނާއި އެޕް ސްޓޯރުން އެޕްލިކޭޝަން ޑައުންލޯޑު ކުރެވޭނެ އެވެ.
މި ލިއުމާއި ގުޅޭ