ރެޑްވޭވްގެ އަހަރީ ބާޒާރު ފަށައިފި، ފައިސާގެ އިނާމަކަށް 75،000 ރުފިޔާ

އާމިނަތު ޝަމާ އަބްދުﷲ 21 ނޮވެމްބަރު 2020 12:33
Flowers

ރެޑްވޭވްއިން މިދިޔަ އަހަރެކޭ އެއްފަދައިން މިއަހަރުވެސް ރެޑްވޭވްގެ އަހަރީ ބާޒާރުގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ރެޑްވޭވް އިން ބުނީ، މިޕްރޮމޯޝަން ކުރިއަށްގެންދާނީ މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން 31 ޖެނުއަރީ 2021 ގެ ނިޔަލަށް ކަމަށެވެ. އަދި ރެޑްވޭވްއިން ކުރާ ކޮންމެ 300 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބިވަޑައިގަންނަވާނެ ކަމަށް ރެޑްވޭވްއިން ބުނެއެވެ. އޭގެތެރެއިން ގުރުވަތުން ހޮވޭ 10 ފަރާތަކަށް ފައިސާގެ އިނާމުގެ ގޮތުގައި 5،000 ރުފިޔާ ލިބިގެންދާނެއެވެ. އަދި ގުރުވަތުން އެއްވަނައަށް ހޮވޭ ފަރާތަށް ފައިސާގެ އިނާމުގެ ގޮތުގައި 25،000 ރުފިޔާ ލިބިގެންދާނެއެވެ. 

މިޕްރޮމޯޝަނުގެ ދަށުން މާލެ އާއި ހުޅުމާލޭގައި ހުންނަ ރެޑްވޭވްގެ ހުރިހާ ފިހާރައަކުން ބޮޑެތި ޑިސްކައުންޓްވެސް ލިބިގެންދާނެއެވެ. އެގޮތުން ރެޑްވޭވް އިން ކުރިއަށް ގެންދާ މި ބާޒާރުގެ ތެރެއިން ޝާޕް އޭސީއިންނާއި އޭސީ އިންސްޓޮލޭޝަންއިން ވެސް ބޮޑެތި ޑިސްކައުންޓުތަކެއް ލިބިގެންދާނެއެވެ. 

މިޕްރޮމޯޝަންގައި މޯލްޑިވްސް އިސްލާމިކް ބޭންކް، އެމްއެފްއެލްސީ އަދި ބީއެމްއެލް އިސްލާމިކް މެދުވެރިކޮށް، ވިޔަފާރިކުރައްވާ ފަރާތްތަކަށްވެސް ބައިވެރިވެވަޑައި ގަނެވޭނެއެވެ. އަދި އިން ތަކެތި ބައްލަވައި ގަންނަވާ ފަރާތްތަކަށްވެސް ބައިވެރިވެވޭނެއެވެ. ރެޑްވޭވް އިން ބުނީ އަހަރުގެ ފަހުކޮޅަށް އަމާޒުކުރެވިގެން ބާއްވާ މިޕްރޮމޯޝަނަށް މިދިޔަ އަހަރު ލިބުނުފަދަ ބޮޑު ތަރުހީބެއް މިއަހަރުވެސް ލިބޭނެކަމުގައި އެކުންފުނިން ޔަގީންކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު