Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ވިޔަފާރި

ޓީޓީއެމް ފެއާ މިފަހަރު ވާޗުއަލްކޮށް

ޓްރެވަލް ޓްރޭޑް މޯލްޑިވްސް (ޓީޓީއެމް) ވާޗުއަލްކޮށް މިމަހު ބާއްވަން ތައްޔާރު ވެއްޖެއެވެ. މިއީ ރާއްޖޭގައި ފެށި އިންޓަނޭޝަނަލް ޓޫރިޒަމް ފެއާއެވެ.
މިފަހަރުގެ ފެއާގައި150 ރިސޯޓާއި 30 ގައުމެއްގެ 200 ޓުއާ އޮޕަރޭޓަރުން ބައިވެރިވާނެއެވެ. މިއަހަރުގެ ފެއާ އޮންނާނީ މިމަހުގެ 25 އަދި 26 ވަނަ ދުވަހުއެވެ.
މިއަހަރުގެ ފެއާ ފެށުމުގެ ގޮތުން ބާއްވާ ރަސްމިއްޔާތުގައި ޝަރަފުވެރި މެހެމާނަކަށް ބައިވެރިވެވަޑައިގަންނަވާނީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމެވެ. މީގެއިތުރުންމަޓީގެ ސެކްޓެރީ ޖެނެރަލް އަހުމަދު ނަޒީރު އާއި އެމްއެމްޕީއާރުސީގެ އެމްޑީ ތޮއްޔިބު މުހައްމަދު އަދި އިންޑިއާ ސަފީރު ސަންޖޭ ސުދީރުވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.
މިއީ ޓީޓީއެމް ފެއާ ބާއްވާ ފަސްވަނަ ފަހަރެވެ.
މި ލިއުމާއި ގުޅޭ