Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ވެންޓިލޭޓަރު މައްސަލާގައި ޕީޖީގެ ނިންމުން މުރާޖައާކުރަން އޭ.ސީ.ސީއިން އެދިއްޖެ

ވެންޓިލޭޓަރު މައްސަލާގައި ދައުވާ ނުކުރުމަށް ޕްރޮސެކިޔުޓާ ޖެނެރަލް (ޕީޖީ) ނިންމި ނިންމުން މުރާޖާ ކޮށްދިނުމަށް އެދި އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕީޖީ އޮފީހަށް މިއަދު ހުށަހަޅާފައިވާ ކަމުގައި އެ ކޮމިޝަނުން ބުނެފިއެވެ.
އޭސީސީއިން ބެނެފައިވާ ގޮތުގައި މި މައްސަލަ މުރާޖާ ކުރުމަށް ޕީޖީއަށް ހުށަހަޅާފައިވަނީ ދައުވާ ކުރެވޭ މިންވަރަށް ހެއްކާއި ގަރީނާ ހުރުމުންނެވެ.
ވެންޓިލޭޓަރު ހޯދުމުގައި ހެލްތު މިނިސްޓްރީ ގެ ބިޑް ކޮމިޓީގެ މެންބަރުން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކޮށްފައިވާމަށް އޭސީސީގެ ތަހުޤީޤުން ނިންމައި، ހެލްތު މިނިސްޓަރުގެ މަޤާމުގައި އޭރު ހުރި އަބްދުﷲ އަމީން ހިމެނޭ ހެން 11 މީހެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް މި މަހުގެ 14 ވަނަ ދުވަހު ފޮނުވި ނަމަވެސް މި މައްސަލާގައި އެއްވެސް ފަރާތެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުކުރެވޭނެ ކަމުގައި ފެނިވަޑައިނުގަންނަވާ ކަމަށް ބުނެ މައްސަލަ އަނބުރައި ޕީޖީ ވަނީ އޭސީސީއަށް ފޮނުވާފައެވެ.
އެގޮތުން ޕީޖީ ޝަމީމު ނޫސްވެރިންނާ ބައަދަލުކޮށް ބުނެފައިވަނީ ހެލްތު މިނިސްޓްރީން ކަންކަން ކޮށްފައިވަނީ މާލިއްޔަތު ޤަވާޢިދުގެ ދަށުން ކަމަށާއި، އިދާރީ މައްސަލަތަކެއް ހުރިނަމަވެސް ޖިނާއި ދައުވާއެއް އުފުލައިގެން ޖިނާއި ކުށެއް ސާބިތުކުރެވޭނެ މިންވަރަށް ހެކި ނެތް ކަމުގައެވެ.
ކޮވިޑް-19 އާއި ގުޅިގެން ދައުލަތުން 75 ވެންޓިލޭޓަރު ގެނައުމަށް ދުބާއީ ކުންފުންޏަށް އެޑްވާންސްގެ ގޮތުގައި 90 ޕަސަންޓަށްވާ ފައިސާ ދައްކާފައިވާއިރު، މިހާތަނަށް ލިބިފައި ވަނީ އޭގެ 10 ވެންޓިލޭޓަރެވެ.
މި ލިއުމާއި ގުޅޭ