Wednesday 3rd Mar 2021
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ކަރަންޓީނު ނުވާ ގޮތަށް ރަށް ރަށަށް ދެވޭނީ މާލެ ސަރަހައްދުގައި ކޮމިއުނިޓީ ސްޕްރެޑް ހުއްޓުމުން: ޑރ. ނަޒްލާ

ކަރަންޓީނު ނުވާ ގޮތަށް ރަށް ރަށަށް ދެވޭނީ މާލެ ސަރަހައްދުގައި ކޮމިއުނިޓީ ސްޕްރެޑެއް ނެތް ކަމަށްވާ ނަމަ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފިއެވެ.

އިއްޔެ ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެޗް.އީ.އޯ.ސީގެ ތަރުޖަމާން ޑޮކްޓަރު ނަޒްލާ ރަފީގު ވިދާޅުވެފާ ވަނީ، މާލޭގައި ކޮވިޑް-19 ފެތުރެމުންދަނިކޮށް ކަރަންޓީނު ނުވާ ގޮތަށް ރަށްރަށަށް މީހުން ފޮނުވުމަކީ ރައްކާތެރި ގޮތެއް ނޫން ކަމަށެވެ. އިއްޔެ އެންމެ 24 މީހަކު މާލޭ ސަރަހައްދުން ކޮވިޑް-19 އަށް ޕޮޒިޓިވީ ކަމުގައި ވީނަމަވެސް މި ސަރަހައްދުން ބަލި ނެތިގެންދިއައީ ނޫން ކަމާށާއި، މާދަމާ ގިނަ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވުމުގެ ފުރުސަތު ވެސް އޮވެދާނެ ކަމަށާއި، އަދި މިއީ ކޮވިޑް ނިމުނީކަމަށް ދެކެންވީ ވަގުތު ނޫން ކަމުގައި ވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ. ނަޒްލާ ވިދާޅުވެފައިވަނީ އެހެން ގައުމުތަކުގައި ކޮވިޑް ފެތުރޭ މިންވަރަށް ބަލާއިރު އެއްކޮށް ބަލިން އަރައިގަނެވޭނެ މަންޒަރު އަވަސް ފުރުސަތެއްގައި ފެނިގެން ނުދާނެ ކަމަށާއި މާލޭގައި ކޮމިއުނިޓީ ސްޕްރެޑް އޮތުމާއެކު ކަރަންޓީނު ނުވާ ގޮތަށް ރަށް ރަށަށް މީހުން ދާނަމަ ރަށްރަށަށް ބަލި ފެތުރިގެން ހިނގައިދާނެކަމަށެވެ.

މިހާރު މާލެއިން ރަށްރަށަށް ދާ ފަރާތްތަކުން 14 ދުވަހަށް ހޯމް ކަރަންޓީންވާން ޖެހެއެވެ. އަދި އެފަރާތްތައް ދޫކޮށްލަނީ ކަރަންޓީނުގެ މުއްދަތު ހަމަވުމަށްފަހު ނަގާ ސާމްޕަލް ކޮވިޑަށް ނެގެޓިވްވުމުންނެވެ. އަދި މުއްދަތު ހަމަވުމަށް ފަހު ޓެސްޓްކުރެވިފައިވާ ގިނަ ފަރާތްތަކެއް އެކި ރަށްރަށުގައި ކޮވިޑަށް ޕޮސިޓިވް ވެފައިވާކަން ފާހަޤަކޮށްލެވެއެވެ.
މި ލިއުމާއި ގުޅޭ