Friday 18th Jul 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ތަޢުލީމީ ވުޒާރާ

މަތީ އަރުތަވެރިންގެ އެވޯޑު: ފުރަތަމަ ދަންފަޅީގައި 440 ދަރިވަރަކަށް އިނާމު ދީފި

2023 އަދި 2024 ވަނަ އަހަރުގެ ޘާނަވީ އަދި މަތީ ޘާނަވީ އިމްތިޙާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް "މަތީ އަރުތަވެރިންގެ އިނާމު" ދިނުމުގެ ފުރަތަމަ ދަންފަޅީގައި 440 ދަރިވަރަކަށް މިއަދު އިނާމު ދީފިއެވެ.

ސޯޝަލް ސެންޓަރުގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ކުރީގެ ރައީސް އަދި ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް ޑރ. މުޙައްމަދު ވަހީދު ޙަސަންއެވެ.

މި ރަސްމިއްޔާތަކީ ޖުމްލަ ފަސް ދަންފަޅިއަކަށް ބަހާލައިގެން ކުރިއަށްގެންދާ ރަސްމިއްޔާތުގެ ފުރަތަމަ ދަންފަޅިއެވެ.
ފުރަތަމަ ދަންފަޅީގައި އިނާމު ދީފައިވާ ދަރިވަރުންގެ ތެރޭގައި ހިމެނެނީ ސާނަވީ އިމްތިހާނުން ގަދަ ނުވައެއްގައި ހިމެނޭ 221 ދަރިވަރުންނާއި ގަދަ އަށެއްގައި ހިމެނޭ 219 ދަރިވަރުންނެވެ. މި ދަރިވަރުންނަށް ވަނީ ޓްރޮފީ ހަވާލުކޮށްފައެވެ.
2023-2024 ވަނަ އަހަރުގެ ޘާނަވީ އަދި މަތީ ޘާނަވީ އިމްތިޙާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދައިގެން، ޖުމްލަ 1800 އަށްވުރެ ގިނަ ދަރިވަރުން ވަނީ މަތީ އަރުތަވެރިންގެ އިނާމު ޙާޞިލުކޮށްފައެވެ.

މި ރަސްމިއްޔާތުތަކުގެ ތެރޭގައި އޯލެވެލް އަދި އޭލެވެލްއިން އެއް ވަނަ ހޯދާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމާއި، އޭލެވެލްއިން އެއް ވަނަ ހޯދާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ސްކޮލަރޝިޕްގެ އިތުރުން، އޭ ފާސް ނުވަތަ އެއަށްވުރެ މަތިން ހޯދާ ދަރިވަރުންނަށް ދެވޭ ހައި އެޗީވަރސް ސްކޮލަރޝިޕް ހަވާލުކުރުންވެސް ހިމެނޭނެއެވެ.

މި ލިއުމާއި ގުޅޭ