Friday 18th Jul 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިރާން

މެދުއިރުމައްޗަށް ކުރިމަތިވެފައިވާ ނުތަނަވަސްކަމާއެކު ޑޮލަރުގެ އަގު އުފުލެނީ

އިޒްރޭލުން އީރާނަށް ދިން ކުއްލި ހަމަލާތަކާ ގުޅިގެން ދެ ގައުމުގެ މެދުގައި ހިނގަމުންދާ ވަރުގަދަ ކުރިމަތިލުންތަކާ އެކު، މުޅި މެދުއިރުމައްޗަށް ކުރިމަތިވެފައިވާ ނުތަނަވަސްކަމާ ހެދި ދުނިޔޭގެ ބާޒާރުގައި ޑޮލަރުގެ އަގު އުފުލެން ފަށައިފިއެވެ.

މާލީ މާހިރުންގެ އަންދާޒާތަކުން ދައްކާ ގޮތުގައި، އިޒްރޭލާއި އީރާނުގެ ކުރިމަތިލުންތައް ސަރަހައްދީ ބޮޑު ހަނގުރާމައަކަށް ބަދަލުވެދާނެ ކަމުގެ ބިރު އޮތުމާއެކު، ކުރިއަށް އޮތް ހަފުތާގައި ޑޮލަރުގެ އަގު 0.6 ޕަސެންޓުން އުފުލޭނެ ކަމަށް ލަފާކުރެވެއެވެ.

ޑޮލަރުގެ އަގު ކަނޑައަޅަނީ މައި ހަ ގައުމެއްގެ ފައިސާ އަށް ބަލައިގެން ކަމަށް ވާއިރު، އޭގެ ތެރޭގައި ސުވިސް ފްރެންކް، ޖަޕާނުގެ ޔެން އަދި އީޔޫ ގައުމުތަކުގައި ބޭނުންކުރާ ޔޫރޯ ހިމެނެއެވެ. މިގޮތުން، ދުނިޔޭގެ ބާޒާރުގައި ފައިސާގެ އެންމެ ފަހުގެ އަގުތަކަށް ބަލާއިރު، ޔޫރޯ ވަނީ 0.3 ޕަސެންޓު ކުރިއަށް ޖެހިލައި، ޔޫރޯއަކަށް 1.1519 އެމެރިކާ ޑޮލަރުގައި ހިފެހެއްޓިފައެވެ.
މެދުއިރުމަތީގެ މަސްރަހު ހޫނުވުމާ އެކު، ޑޮލަރުގެ އަގު އުފުލެން ފަށާފައި މި ދަނޑިވަޅުގައި، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް ވަނީ ބޮޑު ލޮޅުމެއް އައިސްފައެވެ. ނަމަވެސް، މިދިޔަ ހަފުތާއާ އަޅާބަލާއިރު، ތެލުގެ އަގު ދެ ޕަސެންޓު ވެއްޓި، ތެޔޮ ފީފާއެއްގެ އަގު ވަނީ ދުނިޔޭގެ ބަޒަރުގައި 77 ޑޮލަރުގައި ހިފެހެއްޓިފައެވެ.

އެހެން ފައިސާތަކުގެ އަގަށް އައި ބަދަލުތަކަށް ބަލާއިރު، ޖަޕާނުގެ ޔެން ވަނީ 0.29 ޕަސެންޓު ދަށަށް ގޮސް، ޑޮލަރަކަށް 145.44 ޔެންއަށް ވެއްޓިފައެވެ. އަދި ސުވިސް ފްރޭންކްގެ އަގު ވެސް ވެއްޓެމުންދާ ކަމަށް މާލީ ތަޖުރިބާކާރުން ލަފާކުރާއިރު، މިހާރު ޑޮލަރަކަށް 0.817 ގައި ހުރި ސުވިސް ފްރެންކްގެ އަގު އިތުރަށް ވެއްޓޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

މި ލިއުމާއި ގުޅޭ