Friday 18th Jul 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދިވެހި ފުލުހުން

ބޮޑުތަކުރުފާނު މަގުގައި ޕާކް ކުރާ ވެހިކަލްތައް ވެސް ޓޯކުރަން ފަށައިފި

ބޮޑުތަކުރުފާނު މަގުގެ ވަކި ސަރަހައްދެއްގައި ޕާކް ކުރާ ވެހިކަލްތައް ވެސް ޓޯކުރަން ފަށައިފިއެވެ.

ފުލުހުން ދެންމެ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ހިތިގަސްމަގުން ފެށިގެން މެހެލިގޯޅިއާ ހަމައަށް ބޮޑުތަކުރުފާނުމަގުގައި އާންމު ދަތުރުފަތުރާއި ޕަބްލިކް ޓްރާންސްޕޯޓަށް ދަތިވާގޮތަށް ގަވާއިދާ ހިލާފަށް ޕާކްކޮށްފައި ހުންނަ އުޅަނދުތައް ޓޯވކުރުމުގެ މަސައްކަތް ކުރަމުން ގެންދާނެ ކަމަށެވެ.

ހިތިގަސްމަގަކީ ބްރައިން ރޫފްޓޮޕް ރެސްޓޯރެންޓް ހުންނަ އިމާރާއި ޖެހިގެން އޮންނަ މަގެވެ. މެހެލި ގޯޅިއަކީ ކާނިވާ ސަރަހައްދުގައި ހުންނަ އެފްއެސްއެމް ޕެޓްރޯލް ޝެޑާއި ޖެހިގެން އޮންނަ ގޯޅިއެވެ. ޓޯވ ކުރާނީ އެދެމެދު ބޮޑުތަކުރުފާނު މަގުގައި ޕާކް ކުރާ ވެހިކަލްތަކެވެ.

ފުލުހުން ބުނީ މާލޭގެ މަގުތަކުގައި ދަތުރުފަތުރު ކުރުމަށާއި ހިނގާބިނގާވެ އުޅޭ މީހުންނަށް ފަސޭހަވާނެގޮތަށް މަގުތައް ތަރުތީބުކުރުމަށް ފުލުހުން ކުރަމުން ގެންދާ މަސައްކަތުގެ ތެރެއިން ޓޯވ ކުރާ ވެހިކަލް އަނބުރާ ލިބޭނީ ވެހިކަލް ޓޯވ ކުރާތާ 48 ގަޑިއިރު ފަހުން ކަމަށެވެ. އަދި ޕާކް ކޮށްފައިވާ އުޅަނދު ދުއްވި ފަރާތަކާއިމެދު ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ވަނީ މިދިޔަ ހަފްތާއިން ފެށިގެން މަޖީދީމަގުގައި ޕާކް ކުރާ އުޅަނދުތައް ވެސް ޓޯވ ކުރަމުންނެވެ.

ގަވައިދާއި ހިލާފަށް ޕާކް ކުރާ ވެހިކަލްތަކުގައި ސްޓިކާ ޖެހުން 2023 ވަނަ އަހަރު ވެރިކަން ބަދަލުވުމާއިއެކު ވަނީ ހުއްޓާލާފައެވެ. އެއާއިއެކު ގަވައިދާއި ހިލާފަށް ޕާކް ކުރުން ވަނީ އާއްމު ކަމަކަށް ވެފައެވެ.

މި ލިއުމާއި ގުޅޭ