Friday 18th Jul 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސްކޮލާޝިޕް

ދަރިމައިވުމާ ގުޅޭ ތަމްރީނު ސްކޮލަޝިޕްތަކެއް ދިވެހި ޑޮކްޓަރުންނަށް

މެކް ފައުންޑޭޝަނާ ގުޅިގެން ދިވެހި ޑޮކްޓަރުންނަށް ދަރިމައިވުމާ ގުޅޭ ތަމްރީނު ސްކޮލަޝިޕްތަކެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ފަސްޓްލޭޑީ ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

މި ފުރުސަތު ލިބިފައިވާ ކަމުގެ މައުލޫމާތު ހާމަކުރެއްވީ ދުބާއީގައި ކުރިއަށްދާ މެކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނިޝިއޭޓިވް (އެމްއެފްއެފްއެލްއައި) ގެ ހަތްވަނަ ސަމިޓުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މެކް ފައުންޑޭޝަނުގެ "މޯ ދެން އަ މަދާ" ކެމްޕެއިނުގެ އެމްބެސެޑަރަކަށް ހަމަޖެއްސެވުމާ ގުޅިގެން ދެއްކެވި ވާހަކަފުޅުގައި، ފަސްޓްލޭޑީ ސާޖިދާ ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގައި ދަރިމައިވުމުގެ ދާއިރާއަށް ހާއްސަ ޑޮކްޓަރުން މަދުވުމުގެ ދަތިކަން ދިމާވެފައިވެ އެވެ.

މި ސްކޮލަޝިޕްތަކަކީ މި ދާއިރާއިން ތަމްރީނު ލިބިފައިވާ ޑޮކްޓަރުންގެ އަދަދު އިތުރުކުރުމަށް ލިބިގެންދާނެ މުހިންމު ފުރުސަތެއް ކަމަށް އެކަމަނާ ވިދާޅުވި އެވެ.

ސަމިޓުގައި ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި އަގުހެޔޮ އަދި ފެންވަރު ރަނގަޅު ސިއްހީ ނިޒާމެއް ގާއިމުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވައި، "ސިއްހީ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށް ދިގު މުއްދަތުގެ ޓެކްނިކަލް ޕާޓްނަޝިޕްތައް ގާއިމުކުރުމަކީ މުހިންމު ކަމެއް" ކަމުގައި ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން، މުޖުތަމައުގެ ހޭލުންތެރިކަން އިތުރުކުރުމާއި، ކެންސަރު ސްކްރީނިންގ އަދި ނަފްސާނީ ސިއްހަތާ ގުޅުންހުރި ހިދުމަތްތައް ރަނގަޅުކުރުމުގެ މުހިންމުކަން ވެސް ފާހަގަކުރެއްވި އެވެ. އަދި ސިއްހީ ދާއިރާގައި އަންހެނުންގެ ލީޑަޝިޕް އިތުރުކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ވެސް މަޝްވަރާކުރެވުނެވެ.

ފަސްޓްލޭޑީ ސާޖިދާ ވިދާޅުވި ގޮތުގައި މެކް ފައުންޑޭޝަނާ ގުޅިގެން މީގެ ކުރިން ވެސް ދަރިމައިވުމާ ގުޅޭ މައްސަލަތަކާއި، ޖިންސީ ތަފާތުކުރުންތަކާއި އަނިޔާ އާއި އަންހެނުން ބާރުވެރިކުރުވުމާއި، ހަކުރު ބައްޔާއި ހައިޕަޓެންޝަން ފަދަ މައްސަލަތަކަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމުތައް ރާއްޖޭގައި ހިންގާފައިވެ އެވެ. މާދަމާގެ ނިޔަލަށް ކުރިއަށްދާ މި ސަމިޓުގައި އެފްރިކާ އަދި އޭޝިޔާގެ ގައުމުތަކުގެ ފަސްޓް ލޭޑީން ބައިވެރިވެވަޑައިގަންނަވާ ކަން ފާހަގަކޮށްލެވެ އެވެ.

މި ލިއުމާއި ގުޅޭ