Friday 18th Jul 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިނިސްޓަރ މުއްޠަލިބް

މަސައްކަތް ނިމުނަސް ނަރުދަމާގެ ޚިދުމަތް ނުދެވެނީ ލިޔެކިޔުން ހަމަނުވާތީ ހުއްދަ ނުދެވިގެން: މުއްޠަލިބު

ނަރުދަމާގެ މަސައްކަތް ނިމިފައިވާ ގިނަ ރަށްރަށުގައި ޚިދުމަތް ނުދެވި ލަސްވަމުންދަނީ ކޮންޓްރެކްޓަރުން ޔޫޒަރ ރައިޓްސް އެގްރީމެންޓަށް (ޔޫއާރްއޭ) ބޭނުންވާ ލިޔެކިޔުންތައް ހަމަނުކުރާތީ ކަމަށް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، މި މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި އެންވަޔަރަންމަންޓް މިނިސްޓްރީއާއެކު މަޝްވަރާތައް ކުރަމުންދާ ކަމަށެވެ.

"ނިމިފައި ހުރި ވަރަށް ގިނަ ރަށްރަށުގައި އެބަހުރި ކޮމިޝަންކޮށްފައި ޔޫއާރްއޭއަށް ބޭނުންވާ ބައެއް ޑޮކިއުމަންޓްސްތައް ކޮންޓްރަކްޓަރ ފަރާތުން ހަމަ ނުވާތީވެ އެ ހުއްދަ ނުލިބިގެން ޚިދުމަތް ނުދެވިފައި،" މިނިސްޓަރު ވިދާޅުވިއެވެ.

މި މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި ޔޫއާރްއޭގެ އުސޫލުތައް ލުއިކޮށްލައިގެން ނަމަވެސް ރައްޔިތުންނަށް ވީހާވެސް އަވަހަކަށް ޚިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންދާ ކަމަށް މިނިސްޓަރު މުއްޠަލިބް ވިދާޅުވިއެވެ. އަދި ވައިކަރަދޫގައިވެސް މާ ލަސްތަކެއް ނުވެ ނަރުދަމާގެ ޚިދުމަތް ދެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ