އެސްޓީއޯ ޖެނެރަލް ޓްރޭޑިންގއިން 2025 ވަނަ އަހަރުގެ ރަމަޟާން މަހާ ގުޅިގެން ކުރިއަށް ގެންދިޔަ ރަމަޟާން ބާޒާރު ޕްރޮމޯޝަންގެ 100,000 ރުފިޔާގެ އިނާމުގެ ނަސީބުވެރި ފަރާތް ހޮވައިފިއެވެ.
މި އިނާމު ހޮވުމުގެ ރަސްމިއްޔާތު ބޭއްވުނީ 12 ޖޫން 2025 ވީ ބުރާސްފަތި ދުވަހު އެސްޓީއޯ ޕީޕަލްސް ޗޮއިސް ސުޕަރ މާޓުގައެވެ.
މި އިނާމަކީ ރަމަޟާން ބާޒާރު ޕްރޮމޯޝަން މުއްދަތުގައި އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި އަތޮޅުތެރޭގެ އެސްޓީއޯ ފިހާރަތަކުން 500 ރުފިޔާއިން މަތިން ވިޔަފާރިކުރި ފަރާތްތަކުގެ މެދުގައި ނެގުނު ގުރުއަތަކުން ހޮވުނު ނަސީބުވެރި ފަރާތަށް ދެވުނު ފައިސާގެ އިނާމެކެވެ.
ޕްރޮމޯޝަން ކުރިއަށް ގެންދެވުނީ 9 ޖަނަވަރީ 2025 އިން 30 މާރިޗު 2025 ގެ ނިޔަލަށެވެ. މި މުއްދަތުގައި މާލެ އަދި އަތޮޅުތެރޭގެ އެސްޓީއޯ ފިހާރަތަކުން ތަފާތު އެކި ޑިސްކައުންޓްތަކާއި އިނާމުތައް ކަސްޓަމަރުންނަށް ލިބިގެން ދިޔައެވެ. އޭގެ ތެރޭގައި ކޮންމެ ހަފުތާއަކު ވިޔަފާރިކުރި ފަރާތްތަކުގެ މެދުގައި ހޮވުނު ނަސީބުވެރިންނަށް ގިފްޓް ހެމްޕަރ ހަދިޔާކުރުން ހިމެނެއެވެ.
މީގެއިތުރުން، މި ޕްރޮމޯޝަންގެ ދަށުން މާލެ އަދި އަތޮޅުތެރޭގެ އެސްޓީއޯ ފިހާރަތަކުގައި އާއިލީ ހަވީރުތަކާއި އެހެނިހެން ގިނަ ހަރަކާތްތަކެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.