Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދީން

ނަމާދުގައި ގައިދުރުމާމެދު ރާއްޖޭގެ ފަތުވާ ބަދަލުނުވާތީ ބައެއް އިލްމުވެރިންގެ ކަންބޮޑުވުން

ޖަމާޢަތުގެ ނަމާދުގައި ގައިދުރުކޮށް ނަމާދުކުރާ ގޮތަށް ދިވެހިރާއްޖޭގެ ރަސްމީ ފަތުވާ ބަދަލުނުވާތީ ބައެއް ޢިލްމުވެރިން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ރާއްޖެ އެމްވީގައި ޝައިޚު ޙުސައިން ރަޝީދު ލިޔުއްވާފައިވާ ލިޔުމެއްގަިއ ވިދާޅުވެފައިވަނީ ކައިރީގައި ތިބެގެން ސަފު ހެދުމަކީ ގަދަވެގެންވާ ސުންނަތެއް ކަމުގައެވެ. ރާއްޖޭގައި ދީނީ ކަންކަމާ ބެހޭ ފަރާތުން އަންގާފައިވަނީ ކައިރީގައި ތިބެގެން ނަމާދު ކުރުމަށް ކަމުގައެވެ. "މުޅި ދުނިޔޭގެ އެންމެހައި މިސްކިތްތަކެއްގައި ދީނުގެ އެންމެހައި ޢިލްމުވެރިންގެ އިއްތިފާޤުން ފަތުވާ ލިބިގެން ނަމާދު ކުރާ މީހުން ގައިދުރުކޮށް ތިބެ ނަމާދު ކުރަމުން ދާއިރު ދިވެހިންގެ ދީނުގައި މިކަމެއް ހުއްދަ ނުވިއެވެ." ޙުސައިން ރަޝީދު ލިޔުއްވިއެވެ.
ނިސާ ސޫރަތުގެ 102 ވަނަ އާޔަތުގައި މާތްﷲ އަންގަވާފައިވަނީ ބިރުވެރިކަމުގެ ނަމާދުކުރުމުގައި ހިނގަ ހިނގައި ތިބެގެންނާއި ހަށި ފާރައަށް ތިބެގެންވެސް ނަމާދުކުރުމަށް ކަމުގައި ޝައިޚު ޙުސައިން ރަޝީދު ފާހަގަކުރެއްވިއެވެ. އަދި ބިރުވެރިކަމުގެ ހުރިހާ ޙާލަތެއްގައި އެގޮތަށް ނަމާދުކުރެވިދާނެއެވެ.
ޝައިޚު ޙުސައިން ރަޝީދުގެ ލިޔުން ހިއްސާކުރައްވަމުން ރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކުރީގެ ޗާންސެލާ ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ފަތުވާއަކީ ވަގުތާއި ޙާލަތާ ގުޅޭ ގޮތުން ބަދަލުވާންޖެހޭ ކަމެއް ކަމުގައެވެ. އަދި އެގޮތަށް ފަތުވާ ބަދަލުވުމަކީ އެކަމުގައި ޢައިބެއް ހުރި ކަމެއް ނޫން ކަމުގައެވެ. އަދި މިކަމުގައި ރާއްޖޭގެ ފަތުވާ މިހާތަނަށް ބަދަލުވެފައި ނުވާތީ އެކަމާމެދު ކަންބޮޑުވެވަޑައިގެން އަޖައިބުވެވަޑައިގަންނަވާ ކަމުގައެވެ.
އަދި އޭގެ އިތުރަށް ޑރ.ޝަހީމު ފާހަގަކުރެއްވީ ވަގުތާ ޙާލަތާ ގުޅިގެން ބަލި ފެތުރުނަ ނުދިނުމަށް އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަކީ ވާޖިބު ކަމެއް ކަމުގައިވެސް ޑރ.ޝަހީމު ވިދާޅުވިއެވެ.
ޑރ.ޝަހީމުގެ އިތުރަށް ދިވެހިރާއްޖޭގެ ކުރީގެ އުއްތަމަފަނޑިޔާރު ޑރ.އަޙްމަދު ޢަބްދުﷲ ދީދީވެސްވަނީ މިކަމުގައި ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ ޒަމާނާއި ޙާލަތާ އެއްގޮތަށް ޟަރޫރަތު ނިޔާކުރާ ކަންކަމުގައި ފަތުވާ ބަދަލުވާނީ ހަރުދަނާ ތަންދޮރުދަންނަ ލީޑަރޝިޕެއް އޮވެގެން ކަމުގައެވެ.
އަދި އޭގެ އިތުރަށް އެފަދައިން ފަތުވާ ބަދަލުވާނީ އިސްލާމީ ޤައުމެއްގެ ޙާކިމުގެ މަސްއޫލިއްޔަތަކީ ކޮބައިކަންވެސް އެނގޭ މިންވަރުގެ ލީޑަރޝިޕެއް އޮވެގެން ކަމުގައެވެ.
މި ލިއުމާއި ގުޅޭ