Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދުނިޔެ

ކޮވިޑު-19 އާއި ގުޅިގެން ބާލިންގައި އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކާ ދެކޮޅަށް އެތައް ހާސް ބަޔަކު މުޒާހަރާކޮށްފި

ކޮވިޑު-19 އާއި ދެކޮޅަށް ޖަރުމަންވިލާތުގައި އަޅާފައިވާ ފިޔަވަޅުތަކާއި ދެކޮޅަށް އެތައް ހާސް ބަޔަކު ޖަރުމަންވިލާތުގެ ވެރިރަށް ބާލިންގައި މުޒާހަރާކޮށްފިއެވެ.
މުޒާހަރާކޮށްފައިވާ ފަރާތްތަކުން ބުނެފައިވަނީ ސަރުކާރުން އަޅާފައިވާ ފިޔަވަޅުތައް އެމީހުންގެ އަސާސީ ހައްޤުތަކާއި މިނިވަންކަމަށް ހުރަސް އަޅާކަމަށެވެ. ފުލުހުން އަންދާޒާކުރާ ގޮތުގައި 17،000 އަށްވުރެ ގިނަ މީހުން މި މުޒާހަރާގައި ބައިވެރިވިއެވެ.
މުޒާހަރާ ކުރި މީހުންވަނީ، މާސްކު އެޅުމާއި ދެކޮޅަށާއި ކާފިއުތަކާއި ދެކޮޅަށް އަޑު އުފުލާފައެވެ. އަދި ޑިމޮކްރަސީއަށް އަނބުރާ ރުޖޫއަވުމަށް ގޮވާލާފައެވެ. ފުލުހުން ވަނީ މުޒާހަރާ ރޭވި ފަރާތާއި ދެކޮޅަށް މައްސަލަ ޖައްސާފައެވެ. އެގޮތަށް މައްސަލަ ޖައްސާފައި ވަނީ މުޒާހަރާގައި މާސްކު ބޭނުންކޮށްފައިނުވާތީޢެވެ.
ކޮވިޑު-19 އެންމެ ރަނގަޅަށް ކޮންޓްރޯލް ކުރި ޤައުމުތަކުގެ ތެރޭގައި ޖަރުމަންވިލާތް ހިމެނެއެވެ. ނަމަވެސް އަނެއްކާވެސް ބަލި ދަނީ ފެތުރެމުންނެވެ. މިހާތަނަށް ޖަރުމަނުގައި 200،000 މީހުންނަށް ކޮވިޑު-19 ޖެހިފައިވާއިރު 1000 އަށް ވުރެ ގިނަ މީހުންވަނީ މަރުވެފައެވެ.
މި ލިއުމާއި ގުޅޭ