Saturday 16th Jan 2021
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ވިޔަފާރި

އަހަރުގެ ދެވަނަ ކުއާޓާއި ބީއެމްއެލްއަށް 106 މިލިއަން ރުފިޔާގެ ފައިދާ

މިއަހަރުގެ ދެވަނަ ކުއާޓާގައި ބޭންކް އޮފް މޯލްޑިވްސްއަށް ފައިދާގެ ގޮތުގައި ލިބިފައިވަނީ 106 މިލިއަން ރުފިޔާ ކަމުގައި އެކުންފުނީގެ ކުއާޓާލީ ރިޕޯޓުން ދައްކައިފިއެވެ.

މިކުއާޓާގައި އެކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި 106 މިލިއަން ރުފިޔާ ލިބުނުއިރު، އާމްދަނީގެ ގޮތުގައި މުޅި ކުއާޓާގައި ލިބިފައިވަނީ 551 މިލިއަން ރުފިޔާއެވެ. އަހަރުގެ ފުރަތަމަ ކުއާޓާގައި ލިބިފައިވަނީ 685 މިލިއަން ރުފިޔާގެ އާމްދަނީއެކެވެ. އަހަރުގެ ދެވަނަ ކުއާޓާގައި އާމްދަނީގެ ގޮތުގައި ލިބުނު 551 މިލިއަން ރުފިޔާގެ ތެރެއިން އިންޓަރެސްޓާއި އެބާވަތުގެ އެހެން ކަންކަމުން ލިބިފައިވަނީ 434 މިލިއަން ރުފިޔާއެވެ. ފީތަކާއި ކޮމިޝަންތަކުން އާމްދަނީގެ ގޮތުގައި ބޭންކަށް ލިބިފައިވަނީ 94 މިލިއަން ރުފިޔާއެވެ.

ޓެކްސް އުނިކުރުމުގެ ކުރިން ފައިދާގެ ގޮތުގައި ބީއެމްއެލަށް ލިބިފައިވަނީ 145 މިލިއަން ރުފިޔާއެވެ. އެކުންފުނިން ދައްކަންޖެހޭ ހުރިހާ ޓެކުހެއް ދެއްކުމަށްފަހު އެކުންފުންޏަށް ލިބުނު ސާފު ފައިދާއަކީ 106 މިލިއަން ރުފިޔާއެވެ. އެހެންކަމުން ނިމުނު ކުއާޓާގައި ކޮންމެ ހިއްސާއަކަށް ޖެހުނު މިންވަރަކީ 79 ރުފިޔާއެވެ.

އަހަރުގެ ފުރަތަމަ ކުއާާޓާއާ އަޅާބަލާއިރު ދެވަނަ ކުއާޓާގައި ބޭންކަށް ލިބުނު ފައިދާވަނީ 184 މިލިއަން ރުފިޔާއިން މަދުވެފައެވެ. އަހަރުގެ ފުރަތަމަ ކުއާޓާގައި 291 މިލިއަން ރުފިޔާގެ ފައިދާއެއް ބޭންކަށް ލިބުނެވެ. އަދި ހިއްސާއަކަށް 216 ރުފިޔާގެ އާމްދަނީއެއްވެސް ލިބުނެވެ.

ބޭންކުގެ ފައިދާ ދަށްވެފައިވަނީ އަހަރުގެ ދެވަނަ ކުއާޓާގެ ބޮޑު ބައެއްގައި ގިނަ ފަރާތްތަކަކަށް ބޭންކުން ލޯނު މޮރިޓޯރިއަމް ދީފައިވާތީއެވެ.

މި ލިއުމާއި ގުޅޭ