Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދީން

ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ޙައްޖުވެރިން ބޮޑު ޖަމްރާއަށް ހިލައުކަނީ

ހުކުރުދުވަހުގެ ހެނދުނު ޙައްޖުވެރިން ޢީދު ދުވަސް ފާހަގަކުރުން ފެށީ މިނާގައި ޖަމްރަތުލް ޢުޤުބާ ނުވަތަ ބޮޑު ޖަމްރާއަށް ހިލަ އުކަން ފަށައިގެންނެވެ. ޙައްޖާޖީން ރޭކުރީ މުޒްދަލިފާގައެވެ. މިއަހަރު ޙައްޖުވެރިން ޖަމްރާއަށް ހިލަ އުކަނީ ކުރިން އަޅާފައިނުވާ މިންވަރުގެ ރައްކާތެރިކަމުގެ ފިޔަވަޅުތަކެއްގެ ތެރޭގައެވެ.
ޙައްޖުވެރިންނަށް ޖަމްރާއަށް ހިލައުކަން ހުޅުވައިލުމުގެ ކުރިން އެތަން ޑިސްއިންފެކްޓުކޮށް ސާފުކޮށްފައިވާނެ ކަމުގައި ސަޢޫދީ ޢަރަބިއްޔާގެ ޙައްޖުވުޒާރާއިން ބުނެއެވެ.
ބޮޑު ޖަމްރާއަށް ހިލަ އުކުމަށްފަހު ފިރިހެނުންގެ ތެރެއިން ބޯ ބާލާ މީހުން ބޯ ބާލައި، ކޮށާ މީހުން ބޯ ކޮށައި، އަދި އެންހެނުން ބޯ ކޮށުމަށްފަހު، ހަދްޔު ކަތިލައި ނިންމައެވެ. އެއަށްފަހު އިހުރާމުން ކުޑަ ތަހައްލުލުވާނެއެވެ. އެއަށްފަހު ޠަވާފުލް އިފާޟާ އަދާކުރުމަށް ޙައްޖާޖީންދާނި މައްކާއަށެވެ. އެރުކުނު އަދާކުރުމަށްފަހު އެމީހުން އަނބުރައި މިނާއަށް އައިސް އައްޔާމުއް ތަޝްރީޤުގެ ތިން ދުވަސް ހޭދަކުރާނީ މިނާގައެވެ. މިނާގައި ކުޑަ ޖަމްރާއާއި މެދު ޖަމްރާއަށް ހިލައުކުން އޮންނާނެއެވެ.
ޙައްޖުވެރިން މުޒްދަލިފާގައި ރޭކުޅައީ އިރު އޮއްސުމާ ހަމައަށް ޢަރަފާތުގައި ތިބުމަށްފަހުއެވެ. ޙައްޖުގެ އެންމެ މަތިވެރި އަދި އެންމެ މުހިއްމު ރުކުނަކީ ޢަރަފާތުގައި ތިބުމެވެ.
އިއްޔެ ޢަރަފާތުގައި ޑރ.ޢަބްދުﷲ ބިން ސުލައިމާން އަލްމަނީޢު ދެއްވި ޚުޠުބާގައި މުޖުތަމަޢުތަކާއި ފަރުދުންގެ ދިރިއުޅުމުގެ ކަންކަން ތަރުތީބުކުރުމާ ގުޅޭ ގޮތުން އިސްލާމީ ޝަރީޢަތުގައި އައިސްފައިވާ ތައުލީމުތަކަށް ކިޔަމަންވުމަށް އިރުޝާދުދެއްވިއެވެ. އަދި އިސްލާމީ ޝަރީޢަތް އައީ ޙައްޤުތައް ހިމާޔަތްކޮށްދިނުމަށް ކަމުގައިވެސް ޝައިޚު ފާހަގަކުރެއްވިއެވެ.
އަދި އިސްލާމީ ޝަރީޢަތުގައި އަޅުތަކުންނާއި ޤައުމުތަކުގެ ސަލާމަތާއި ހަމަޖެހުން އެކުލެވޭ ކަމުގައި ޚަޠީބު ފާހަގަކުރެއްވިއެވެ. އަދި އެޝަރީޢަތަކީ މީސްތަކުންގެ މުދަލާއި ލޭ ރައްކާތެރިކޮށްދޭ ދީން ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.
މި ލިއުމާއި ގުޅޭ