Sunday 20th Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ލޭ ހަދިޔާކުރުން

ޢީދު ބަންދުގައި ބްލަޑް ސަރވިސަސްއިން ޚިދުމަތް ދޭނެ ގަޑިތައް އާއްމުކޮށްފި

1446 ވަނަ އަހަރުގެ ފިޠުރު ޢީދާ ގުޅިގެން ބްލަޑް ސަރވިސަސް (އެމްބީސީ)އިން ޚިދުމަތް ދޭނެ ގަޑިތައް އާންމުކޮށްފިއެވެ.

އެމްބީސީން އާއްމުކުރި މައުލޫމާތަށް ބަލާއިރު މި މަހުގެ 31 ވަނަ ދުވަހަކީ ފިޠުރު ޢީދު ދުވަސްކަމަށް ވެއްޖެނަމަ އެދުވަހު އެ ޚިދުމަތް ބަންދުވާނެއެވެ.
އަދި އޭޕްރިލް އެއް ވަނަ ދުވަހުން ފެށިގެން ހަ ވަނަ ދުވަހުގެ ނިޔަލަށް ހެނދުނު 8:00 އިން މެންދުރު ފަހު 2:00 އަށް އަދި ރޭގަނޑު 8:00 އިން ރޭގަނޑު 2:00 އަށް ޚިދުމަތް ދޭން ހަމަޖެހިފައިވާކަމަށްވެސް ބުނެފައިވެއެވެ.
އެ އިދާޜާއިން ބުނީ އެޕްރީލް ހަތް ވަނަ ދުވަހުން ފެށިގެން އާންމު ދުވަސްތަކެކޭ އެއްގޮތަށް ޚިދުމަތް ދޭން ފަށާނެ ކަމަށެވެ.

މީގެއިތުރުން، މި މަހުގެ 30 ވަނަ ދުވަހަކީ ފިޠުރު ޢީދު ދުވަހަށް ވެއްޖެނަމަ، އެ ދުވަހަކީވެސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެހިގެންދާނެ ކަމަށާއި އޭގެ ފަހުން އެޕްރީލް ފަސް ވަނަ ދުވަހުގެ ނިޔަލަށް އެ ގަޑިތަކުގައި ޚިދުމަތް ލިބެން ހުންނާނެކަމަށްވެސް ބުނެފައިވެއެވެ.

މި ލިއުމާއި ގުޅޭ