Sunday 20th Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޕްރައިވަޓައިޒޭޝަން ބޯޑު

ބްލަޑް ސަރވިސަސްއަށް ޑިރެކްޓަރ ޖެނެރަލެއް އައްޔަނުކޮށްފި

މޯލްޑިވިއަން ބްލަޑް ސަރވިސަސް (އެމްބީއެސް) ޑިރެކްޓަރ ޖެނަރަލްގެ މަގާމަށް އަހްމަދު މައުޞޫމް އައްޔަންކުރައްވައިފިއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން ބުނީ ހެލްތް މިނިސްޓްރީގެ ދަށުން ހިންގަމުންގެންދާ އެމްބީއެސްގެ ޑިރެކްޓަރ ޖެނަރަލްގެ މަގާމަށް އަހްމަދު މައުސޫމް މިއަދު އައްޔަންކުރައްވާފައިވާ ކަމަށެވެ.

މީގެ ކުރިން އައިޖީއެމްއެޗްގައިވެސް މަސައްކަތް ކުރައްވާފައިވާ މައުސޫމަކީ މެނޭޖްމަންޓް ދާއިރާގައި ހިންގުމުގެ ތަޖުރިބާ ލިބިފައިވާ ބޭފުޅެކެވެ.

އެމްބީއެސްގެ ޑިރެކްޓަރ ޖެނަރަލްގެ މަގާމަށް ބޭފުޅަކު އައްޔަނުކޮށްފައިމިވަނީ ތެލަސީމިއާ ސެންޓަރުގެ ބައެއް ޚިދުމަތްތަކާއި ގުޅިގެން ތެލަސީމިއާ ކުދިންނާއި އެކުދިންގެ ބެލެނިވެރިންގެ ކަންބޮޑުވުންތައް ފާޅުކޮށްފައިވަނިކޮށެވެ.

މިކަންބޮޑުވުންތައް ފާޅުކުރިތާ ސައުވީސް ގަޑިއިރުވެސް ނުވަނީސް ރައީސް ޑރ. މުއިއްޒު ވަނީ އެސެންޓަރަށް ޒިޔާރަތްކުރައްވައި އެތަނުގައި ހުރި މައްސަލަތައް އޮޅުންފިލުއްވާފައެވެ.

ހެލްތް މިނިސްޓްރީން ބުނީ އެމްބީއެސްގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލާއި ޑިރެކްޓަރެއްގެ މަގާމަށްވެސް ދެ ބޭފުޅުން ވަރަށް އަވަހަށް އައްޔަނުކުރާނެކަމަށާއި ވަރަށް އަވަހަށް ފިޒީޝަނެއްވެސް ހަމަޖައްސާނެކަމަށެވެ. އަދި އެ ތަނަށް މިވަގުތަށް ބޭނުންވާ ފަސް ނަރުހުން ހޯދުމަށް މިއަދު އިއުލާންކޮށްފައިވާކަމަށާއި އެހެނިހެން އިދާރީ މުވައްޒަފުން ހަމަޖެއްސުމުގެ މަސައްކަތްވެސް ކުރަމުންގެންދާކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.
މި ލިއުމާއި ގުޅޭ